ކަނޑައެޅިގެން ސައްހަ ވޯޓެއް ބާތިލު ކަމަށް ނިންމުމަކީ ގާނޫނީ ކުށެއް ކަމަށް އިލެކްޝަން ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފު ވިދާޅުވެއްޖެއެވެ.
ޝަރީފް މިހެން ވިދާޅުވީ، މީހަކު ކޮށްފައިވާ ޓްވީޓަކަށް ޖަވާބުދެމުންނެވެ. އެ ޓްވީޓުގައި އޭރު ބާތިލް ކަމަށް ނިންމި ވޯޓުތައް ސައްހަ ވަނީ ކޮން އުސޫލަކުން ތޯ ވަނީ ސުވާލުކޮށްފައެވެ. ޖަވާބުގައި ޝަރީފް ދެންނެވީ، ސައްހަ ވޯޓެއް ބާތިލު ކަމަށް ނިންމުމަކީ ގާނޫނީ ކުށެއް ކަމަށާއި އެގޮތަށް ނިންމި އޮފިޝަލަކާއި ދޭތެރޭ އެ ކޮމިޝަނުން ފިޔަވަޅު އަޅާނެ ކަމަށެވެ.
https://twitter.com/ShareefRangondi/status/1115679051593601024
މީގެ އިތުރުން ޝަރީފް ވިދާޅުވީ މިކަން އެހެން ފަރާތްތަކަށް އިބުރަތަކަށް ވާން ޖެހޭ ކަމުގައެވެ.
މީގެ ކުރިން މާމިގިލި ތިން ވޯޓު ފޮއްޓެއްގެ ބާތިލު ވޯޓު ވަނީ ގުނާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް