މިނިސްޓަރު ޝިދާތާ ރަސްމީ ދަތުރުފުޅެއްގައި އެމެރިކާއަށް

މިނިސްޓަރ އޮފް ޖެންޑާ، ޝިދާތާ ޝަރީފު ރަސްމީ ދަތުރުފުޅެއްގައި އެމެރިކާގެ ނިއުޔޯކަށް ރޭ ފުރާވަޑައިގަނެފިއެވެ. މިނިސްޓަރު އެމެރިކާއަށް ވަޑައިގަތީ، އ.ދގެ ހެޑް ކުއަރޓަރސްގައި ކުރިއަށްދާ "ދަ ކޮމިޝަން އޮން ދ...

10 Mar 2019 | 07:43

މިނިސްޓަރ އޮފް ޖެންޑާ، ޝިދާތާ ޝަރީފު ރަސްމީ ދަތުރުފުޅެއްގައި އެމެރިކާގެ ނިއުޔޯކަށް ރޭ ފުރާވަޑައިގަނެފިއެވެ. މިނިސްޓަރު އެމެރިކާއަށް ވަޑައިގަތީ، އ.ދގެ ހެޑް ކުއަރޓަރސްގައި ކުރިއަށްދާ "ދަ ކޮމިޝަން އޮން ދަ ސްޓެޓަސް އޮފް ވިމެން" ގެ 63ވަނަ ސެޝަންގައި  ބައިވެރިވެވަޑައިގަތުމަށެވެ.

ފުރާވަޑައިގަތުމުގެ ކުރިން، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން މިނިސްޓަރު ވިދާޅުވީ، މި ސެޝަންގައި ދިވެހިރާއްޖޭގައި މިންތީގެ ހަމަހަމަކަން ގާއިމުކުރުމަށްޓަކައި ކުރަމުންދާ މަސައްކަތާއި، އަންހެނުންނާއި އަންހެންކުދިންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރަމުންދާ މަސައްކަތްތައް ހިއްސާކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި ދިވެހިރާއްޖެއިން "ބެއިޖިންގ ޑެކްލަރޭޝަން އެންޑް ޕްލެޓްފޯމް ފޮރ އެކްޝަން" އާއި، "ކޮންވެންޝަން އޮން ދަ އެލިމިނޭޝަން އޮފް އޯލް ފޯމްސް އޮފް ޑިސްކްރިމިނޭޝަން އެގެންސްޓް ވިމެން" ތަންފީޒުކުރަމުން ދާ މިންވަރާ ގުޅޭ ގޮތުން މައުލޫމާތު ދެއްވުމަށް ހަމަޖެހިފައިވާކަމަށްވެސް އެކަމަނާ ވިދާޅުވިއެވެ.

މިމަހުގެ 9ން 20ށް ކުރައްވާ މިދަތުރުފުޅުގައި، މި ސެޝަންގައި މިނިސްޓަރު ތަޤްރީރު ކުރެއްވުމުގެ އިތުރުން ބައްދަލުވުމުގެ ހަވާސާގައި ކުރިއަށްދާ ސައިޑް-އިވެންޓްތަކުގައި ބައިވެރިވަޑައިގެންނެވުމަށް ވަނީ ހަމަޖެހިފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް