ހައްޖަށް މީހުން ގެންދަން ޕްރޮޕޯސަލް ހުށަހަޅަން ހުޅުވާލައިފި

މިއަހަރު ރާއްޖެއިން މީހުން ހައްޖަށް ގެންދަން ބޭނުންވާ ކުންފުނިތަކަށް އެ ފުރުސަތު ހުޅުވާލައިފި އެވެ. އިސްލާމިކް މިނިސްޓްރީން ބުނީ އެކަމަށް ޝަރުތު ހަމަވާ ކުންފުނިތަކަށް ބާއްވާ ބްރީ ބިޑް މީޓިންއެއް ބުރާސ...

10 Feb 2020 | 06:38

މިއަހަރު ރާއްޖެއިން މީހުން ހައްޖަށް ގެންދަން ބޭނުންވާ ކުންފުނިތަކަށް އެ ފުރުސަތު ހުޅުވާލައިފި އެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ އެކަމަށް ޝަރުތު ހަމަވާ ކުންފުނިތަކަށް ބާއްވާ ބްރީ ބިޑް މީޓިންއެއް ބުރާސްފަތި ދުވަހުގެ އެކެއް ޖަހާއިރު އިސްލާމިކް މިނިސްޓްރީގައި އޮންނާނެ ކަމަށެވެ. އަދި ޕްރޮޕޯޒަލް ފޮތާއި ހުށަހަޅާ ފަރާތްތަކަށް ދެވޭ މައުލޫމާތު ކަރުދާސް މިހާރު އިސްލާމިކް މިނިސްޓްރީން ލިބޭނެ ކަމަށެވެ.

މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން މިނިސްޓްރީއަށް10،000 ރުފިޔާގެ ފީއެއް ދައްކަން ޖެހެ އެވެ. އެ ފީ ދެއްކުމުގެ އެންމެ ފަހުގެ ތާރީހަކީ 23 ވަނަ ދުވަހުގެ މެންދުރު12:00 އެވެ.

ހައްޖަށް މީހުންގެންދަން ކުންފުނިތައް ހޮވުމުގައި އިސްލާމިކް މިނިސްޓްރީން އެންމެ އިސްކަމެއް ދެނީ ކުޑަ އަގު ހުށަހަޅާ ފަރާތްތަކަށް ހުއްދަ ދިނުމަށެވެ. މިދިޔަ އަހަރު އެންމެ ކުޑައަގެއްގެ ގޮތުގައި ނަގާފައިވަނީ69،000 ރުފިޔާ އެވެ.

ރާއްޖެއިން ހައްޖަށް މީހުން ގެންދަން ކޮންމެ އަހަރަކު ވެސް ހުއްދެ ދެނީ ސަރުކާރުގެ ހައްޖު ކުންފުނި، ހައްޖު ކޯޕަރޭޝަން ހިމެނޭ ގޮތުން ފަސް ކުންފުންޏަަކަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް