ޗެކަކާއި ލިޔެކިޔުންތަކެއް ހުރި ލެޕްޓޮޕް ދަބަހެއް ފޭރިގެންފިއެވެ.
މީޑީއާތަކަށް މައުލޫމާތުދެމުން ފުލުހުން ބުނެފައިވަނީ މިއަދު ހެނދުނު 10:45 ހާއިރު ފިޔާތޮށި މަގުގެ ޒިޔާރަތް މިސްކިތް ކައިރިން މީހެއްގެ އަތުން ލެޕްޓޮޕް ދަބަހެއް ފޭރިގެންފައިވާކަމަށެވެ.
"މި ދަބަހުން ހޮރައިޒަން ފިޝަރީޒް ކުންފުނީގެ 160000 ރުފިޔާގ ޗެކެއްގެ އިތުރުން ޑޮކިއުމެންޓްތަކެއް ހުރި" ފުލުހުން ބުނެފައިވެއެވެ.
ފުލުހުން ބުނެފައިވަނީ އެ މައްސަލައިގާ އަދި އެއްވެސް މީހަކު ހައްޔަރު ކުރެވިފައިނުވާކަމަށެވެ.
ކުންފުނިތަކުން ބޮޑެތި އަދަދުގެ ފައިސާ އާއި ޗެކުތައް ތަންތަނަށް ގެންދެވުމަށް ފުލުހުންގެ އިންސްޓަލޭޝަން ސެކިއުރިޓީ (9980068)ގެ ހިދުމަތް ބޭނުން ކުރެއްވުމަށް ފުލުހުން އިލްތިމާޒް ކުރެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް