ބޮޑު ގުރޫޕަކުން ޒުވާނަކަށް އަނިޔާކޮށްފި

މާލެ ސިޓީގެ މަގެއްގެ މަތީގައި ބޮޑު ގުރޫޕަކުން ޒުވާނަކަށް ވަރަށް ބޮޑަށް އަނިޔާކުރާ މަންޒަރު ފެންނަ ވީޑިއޯއެއް އާންމުވެއްޖެ އެވެ. އާންމުވެފައިވާ އެ ވީޑިއޯއިން ފެންނަނީ އެމީހާގެ ގައިގާ ކޮޅުފައިން ތަޅާ މަ...

10 Jan 2020 | 11:12

މާލެ ސިޓީގެ މަގެއްގެ މަތީގައި ބޮޑު ގުރޫޕަކުން ޒުވާނަކަށް ވަރަށް ބޮޑަށް އަނިޔާކުރާ މަންޒަރު ފެންނަ ވީޑިއޯއެއް އާންމުވެއްޖެ އެވެ.

އާންމުވެފައިވާ އެ ވީޑިއޯއިން ފެންނަނީ އެމީހާގެ ގައިގާ ކޮޅުފައިން ތަޅާ މަންޒަރާއި ސައިކަލުގައި އައި ބަޔަކު އެމީހާގެ ގައިގާ ވަރަށް ބާރަށް ސައިކަލުން ޖައްސާ މަންޒަރެވެ. އަދި ސައިކަލުން ފޭބުމަށް ފަހު އެމީހާގެ ގައިގާ އެމީހުން ވެސް ތަޅަން ފަށައި މަންޒަރު ފެނެ އެވެ.

އޭގެ ފަހުންވެސް އިތުރު ދެ ސައިކަލެއްގައި ބަޔަކު އައިސް ހަމަލާދެނިކޮށް ފެނެއެވެ.

އެ ހާދިސާއާ ގުޅިގެން ފުލުހުން ބުނެފައި ވަނީ އެއީ އިއްޔެ ރޭ މެންދަމު 12:36 ހާއިރު ބޭންކް އޮފް ސިލޯން ކުރިމަތީގައި ހިނގި މާރާމާރީއެއް ކަމަށެވެ. ފުލުހުން ބުނީ އެހާދިސާގެ ރިޕޯޓާއެކު ފުލުހުން އެސަރަހައްދަށް ދިޔައިރު އެމީހާއަށް އަނިޔާކުރި މީހުން އެތަނުން ގޮސްފައިވާ ކަމަށެވެ.

އަދި އެމައްސަލައިގައި ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށް ވެސް ފުލުހުން ބުންޏެވެ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް