ދިވެހި އުފެއްދުންތަކަށް ހާއްސަ ފިހާރައެއް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ޑިއުޓީ ފްރީގައި ހުޅުވައިފިއެވެ.
އޯތެންޓިކް މޯލްޑިވްސް" ގެ ނަމުގައި ހުޅުވި މި ފިހާރައިން ދިވެހިންގެ އަތުން އުފައްދާފައިވާ ދިވެހިވަންތަ އުފެއްދުންތައް ލިބެން ހުންނާނެއެވެ.
މި ފިހާރަ ހުޅުވައިދެއްވީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް އާއި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރެވެ
ބިޒްނަސް ސެންޓާ ކޯޕަރޭޝަނުން އިސްނަގައިގެން ހުޅުވި މި ފިހާރައާއެކު ރާއްޖެ ޒިޔާރްކުރާ ފަރާތްތަކަށް ދިވެހި ފަންނުވެރިންގެ އަތުން އުފައްދާފައިވާ އުފެއްދުންތައް ފަސޭހައިން ގަނެވޭނެއެވެ.
އެއާޕޯޓުގެ ޑިއުޓީފްރީ ފިހާރަތަކުގައި ދިވެހި އުފެއްދުންތައް ވިއްކުމަށް ކުދި ވިޔަފާރިތަކަށް ހުޅުވާލީ މިދިޔަ އޮގަސްޓުމަހުއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް