ޗައިނާގެ ޕައިލެޓެއް އަންހެނުން ކޮކްޕިޓް ތެރެއަށް ވެއްދި މައްސަލައިގައި ވަޒީފާއިން ސަސްޕެންޑްކޮށް ޖޫރިމަނާ ކޮށްފިއެވެ.
ބުދަ ދުވަހުގައި، ދޮންގްހައި އެއާލައިންގެ ޕައިލެޓެއް ކަމަށްވާ ޗެން އޭނާގެ އަންހެނުން ބޯޓްގެ ކޮކްޕިޓް ތެރެއަށް ވައްދާފައިވަނީ އެއްވެސް ހުއްދައެއް ހޯދުމެއް ނެތި ކަމަށާއި އެދުވަހު އެ ފްލައިޓްވަނީ ދެތަނަކަށް ދަތުރުކޮށްފައި ކަމަށް ރިޕޯޓްކޮށްފައިވެއެވެ. އެ އެއާލައިން އިން މައުލޫމާތު ދޭގޮތުގައި އޭނާގެ އަންހެނުން ޓިކެޓް ނެގީ ހަމައެކަނި، ނަންޓޮންގް އިން ޒެންގްސްހޯ އަށް ދިއުމަށްޓަކައި އެކަނި ކަމަށާއި ނަމަވެސް އެ ޕައިލެޓްގެ އަންހެނުން ޓިކެޓް ނުނަގާ ބެއިންޖިންގް އަށް ވެސް އެ ފްލައިޓްގައި ދަތުރު ކޮށްފައިވާ ކަމަށް ބުނެފައިވެއެވެ.
އެ އަންހެން މީހާ ބޯޓްގެ ކޮކްޕިޓް ތެރޭ ހޭދަ ކުރީ ކިހާ ވަގުތެއް ކަމެއް އަދި އެ އެއާލައިންއިން ބުނެފައެއް ނުވެއެވެ.
އެ އާއަލައިން އިން ނެރުނު ބަޔާނެއްގައި ވާ ގޮތުގައި އެ ޕައިލެޓް އަމަލް ކުރީ، އޮޕަރޭޓިންގް ޕޮރޮސީޖާސް އަދި އެއަރ ސޭފްޓީ ރެގިއުލޭޝަންސް އާއި ހިލާފަށެވެ. މިގޮތުން ޗެން އޭނާ ޕައިލެޓަކަށް ވުމުގެ ފައިދާ ނަހަމަ ގޮތުގައި ބޭނުންކޮށްފައިވާ ކަމަށާއި އަދި ގަވައިދުތަކާއި ހިލާފުވެ މީހުން ދިން ނަސޭހަތް ވެސް އަޑު އަހާފައި ނުވާ ކަމަށް އެ ބަޔާނުގައި ވެއެވެ.
ޗެން ވަނީ ހަ މަސް ދުވަހަށް ވަޒީފާއިން ސަސްޕެންޑްކޮށްފައެވެ. އަދި އޭނާގެ ޕައިލެޓް ކަމުގެގެ ލައިސެންސް ވެސް ވަނީ ހިފައްޓާފައެވެ. ޗެން އާއެކު ބޯޓްގެ ކޯޕައިލެޓާއި އަދި ފްލައިޓް ސޭފްޓީ އޮފިސަރ ވެސް ވަނީ ސަސްޕެންޑްކޮށް ޖޫރިމަނާ ކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް