މިއީ އިންޑިއާގެ ރައްޔިތެއް ކަމަށްވާ، އުމުރުން 35 އަހަރުގެ ސޯރަބު ޖާ، އޭނާ ހިކެން ކުރި މަސައްކަތުގެ ވާހަކައެވެ.
ކުރިން އޭނާގެ ބަރުދަނުގައި 112 ކިލޯ ހުއްޓެވެ. އެންމެ ފަސް މަސް ދުވަހުގެ މަސައްކަތުން ސޯރަބު މިވަނީ ބަރުދަނުން 24 ކިލޯ ދުއްވާލާފައެވެ.
ސޯރަބު ބުނެފައިވާގޮތުގައި އޭނާގެ ރަހުމަތްތެރިން އޭނާއަށް ޖޯކު ޖަހާ ޒާތްޒާތުގެ ނަން ނަމުން ގޮވާ ހެދިއެވެ. ބޫޓުގެ ނާޑުވާ ނޭއްސޭ ހިސާބަށް ކަންކަން ދިއުމުން ހިކެން އަޒުމު ކަނޑައެޅީ ކަމަށް އޭނާ ބުންޏެވެ.
ސޯރަބު ބުނެފައިވާގޮތުގައި ހިކެން ކުރި މަސައްކަތުގައި ހެނދުނުގެ ނާސްތާގެ ގޮތުގައި އޭނާ ޕްރޮޓީން ޝޭކު ތައްޓެއް ބުއިމަށް އާދަކުރިއެވެ. އަދި އެއާއެކު ހަތަރެއް ނުވަތަ ހަ ބިސް ކާލުމުން ހެނދުނު ހުންނަނީ ފުލްވެފައި ކަމަށާއި ހިތްޖެހިއްޖެނަމަ ކޮފީއެއް ބޯލުމަކީވެސް ހެނދުނު ކުރަމުން އައި ކަމެއް ކަމުގައި ބުނެފައިވެއެވެ.
އޭނާ މެންދުރު ކެއުމަށް ހިޔާރު ކުރަމުންދިޔައީ ފިހުނު ކުކުޅު ނުވަތަ މަހެވެ. އަދި އެއާއެކު ތާޒާ ސެލެޑެކެވެ. ހަވީރު ކުރުނބާ ފެން ބޯ ކަމަށާއި ރޭގަނޑު ދެތިން ބިހުގެ ގޮބޮޅި ނުވަތަ ކުކުޅު ނުވަތަ ތަރުކާރީ ކޮޅަކާއެކު ޕްރޮޓީން ޝޭކެއް ހިޔާރު ކުރާކަމަށްވެސް ބުނެފައިވެއެވެ.
އދި ހިކެން ކުރި މަސައްކަތުގައި ބަރު އުފުލުމާއި ހީޓް ޖެއްސުމާއި ބައެއް އިތުރު ކަސްރަތުތައް ކުރަމުންދިޔަކަމަށް ބުނެފައިވެއެވެ. އަދި މަހަކު ހަތަރު ދުވަހު ހަމަ އެއްގޮތަކަށް ނުކައި ހުންނަކަމަށްވެސް ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް