ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މާދަމާ އއ. އުކުޅަހަށް ވަޑައިގަންނަވާގޮތަށް ހަމަޖެހިއްޖެއެވެ.
މައުލޫމާތު ލިބިފައިވާގޮތުގައި ރައީސް އުކުޅަހަށް ވަޑައިގަންނަވަނީ މަސްވެރިންގެ ދުވަހާއި ބައިނަލްއަގްވާމީ އިންސާނީ ހައްގުތަކުގެ ދުވަސް ފާހަގަ ކުރުމަށެވެ.
އެގޮތުން މަސްވެރިންގެ ދުވަހާއި އިންސާނީ ހައްގުތަކުގެ ދުވަސް ފާހަގަ ކުރުމަށް އެރަށުގައި ބާއްވާ ޖަލްސާގައި ރައީސް ޞާލިޙް ބައިވެރިވެ ވަޑައިގަންނަވާނެއެވެ. އަދި އެ ރަށު ކައުންސިލާއި ޖަމިއްޔާތަކާއި ބައްދަލު ކުރައްވާނެއެވެ.
ވެރިކަމަށް ވަޑައިގެންނެވުމަށްފަހު ރައީސް ޞާލިޙް އުކުޅަހަށް ކުރައްވާ މިއީ ފުރަތަމަ ދަތުރުފުޅެވެ. އުކުޅަހަކީ ރައީސް ޞާލިޙަށް އެމްޑިޕީގެ ރިޔާސީ ޓިކެޓް އެރުވުމަށް ބޭއްވި ކޮންގްރެސް އޮތް ރަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް