ޤަވާއިދާ ޚިލާފަށް ކުނިއަޅާ މީހުން ދެނެގަނެ ނަން ހާމަކުރާނަން: އީޕީއޭ

ޤަވާއިދާ ޚިލާފަށް ކުނި އަޅާ މީހުން ދެނެގަނެ އެމީހުންގެ ނަން ހާމަކުރަން ނިންމާފައިވާކަމުގައި އެންވަޔަރަންމަންޓް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން ބުނެފިއެވެ. އެ އެޖެންސީން މިހެން ބުނެފައިވަނީ ދައުލަތ...

09 Dec 2018 | 05:41

ޤަވާއިދާ ޚިލާފަށް ކުނި އަޅާ މީހުން ދެނެގަނެ އެމީހުންގެ ނަން ހާމަކުރަން ނިންމާފައިވާކަމުގައި އެންވަޔަރަންމަންޓް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން ބުނެފިއެވެ.

އެ އެޖެންސީން މިހެން ބުނެފައިވަނީ ދައުލަތުގެ މީޑިއާއިން ގެނެސްދޭ ޕީއެސްއެމް ޕްރޮގްރާމްގައެވެ.

އެ ޕްރޮގްރާމްގައި އީޕީއޭގެ ޑިރެކްޓަރ ޖެނެރަލް އިބްރާހިމް ނަޢީމް ވިދާޅުވެފައިވަނީ ޤަވާއިދާ ޚިލާފަށް ކުޅިއަޅާ މީހުން ދެނެގަތުމުގެ މަސައްކަތް އެ އޭޖެންސީން ކުރަމުންދާކަމަށެވެ. އޭނާ ވިދާޅުވީ ކުރިއަށްއޮތް ތަނުގައި އީޕީއޭގެ މުވައްޒަފުން ނުކުމެ ސާފު ކުރުމުގެ ހަރަކާތްތައް ކުރިއަށްގެންދާނެ ކަމަށާއި އެގޮތުން ކުނި އެއްކޮށްފައިހުންނަ ހިސާބުތަކާއި، މަގުމަތީގައި ކެމެރާ ބަހައްޓައި ކުނިއަޅާ މީހުން ދެނެގަނެ ފިޔަވަޅުއަޅައި ނަން ހާމަކުރަން ނިންމާފައިވާ ކަމަށެވެ.

ނަޢީމް ވިދާޅުވެފައިވަނީ ޤަވާއިދާ ޚިލާފަށް ކުނިއުކާލާ ފަރާތްތަކުން ވެށީގެ ސާފުކަން ގެއްލޭގޮތަށް ތަކުރާރުކޮށް ޢަމަލުކުރަމުންދާތީ އެކަން ހުއްޓުވުމަށް ލިޔުމުން އަންގައިގެންވެސް ހުއްޓާފައިނުވާ ފަރާތްތަކާމެދު ފިޔަވަޅުތަކެއް އެޅުމަށް ނިންމާފައިވާކަމަށެވެ.

ކުނި އުކުމުގެ ހުއްދަ ވެމްކޯއަށް އެކަނި ދީފައިވީނަމަވެސް، އަމިއްލަ ފަރާތްތަކުން އެކަން ކުރަމުންދާކަން ނަޢީމް ފާހަގަކުރެއްވިއެވެ. އަދި މިހާރު ވެމްކޯގައި ރަޖިސްޓްރީނުވެ ތިބި ގޭބީސީތަކުން ވީހާވެސް އަވަހަށް ވެމްކޯގައި ރަޖިސްޓްރީވެ ޚިދުމަތް ހޯދުމަށް އީޕީއޭއިން އިލްތިމާސް ކުރެއެވެ. މީގެ އިތުރުން ކުނި ނެގުމާއި އެއްކުރުން ނުހުއްޓައިފިނަމަ އެ ކުނި ވެމްކޯ ސައިޓްއަށް ނުވެއްދޭނެ ގޮތް ހަދާނެ ކަމަށްވެސް އީޕީއޭއިން ބުނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް