ސައިކަލު ދުއްވާ ފަރާތްތަކަށް ފިނިމޫސުމަށް ހާއްސަ ޖެކެޓެއް ޗައިނާއިން އުފައްދާ، ބާޒާރަށް ނެރެފި އެވެ.
ކުރިމަތި އެއްކޮށް ކަވަރުވާގޮތަށް އުފައްދާފައިވާ މި ޖެކެޓުގެ އަގަކީ ހަމަ އެންމެ 27 ޔުއާން އެވެ. ޑޮލަރުން ނަމަ އެއީ ފަސް ޑޮލަރު ފަންސާސް ސެންޓެވެ. ދިވެހި ރުފިޔާއިން ނަމަ އެއީ 84 ރުފިޔާ 81 ލާރި އެވެ.
މި އުފެއްދުން އުފެއްދި ކުންފުނިން ބުނެފައިވާގޮތުގައި މި ޖެކެޓު ބޭނުންކޮށްފި ނަމަ އެމީހަކަށް ފިނީގެ އިހުސާސް ކުރަން ނުޖެހޭނެކަމީ ޝައްކެއް އޮތް އޮތް ކަމެއް ނޫނެވެ.
މި ޖެކެޓް ޗައިނާގެ އޮންލައިން މާކެޓެއް ކަމުގައިވާ ޓީމޯލް އިން ވިއްކަމުން އަންނައިރު ފުރަތަމަ މަހުވެސް މީގެ 80 ހާސް ޖެކެޓު ވިކިފައިވާކަމަށް ޓީމޯލުން ވަނީ ހާމަކޮށްފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް