ޝަހީދު ކޮށްލާފައިވާ މީހުންގެ އަދަދު ހަތަރަކަށް

ގުދުސް އަކީ އިޒްރޭލުގެ ވެރިރަށް ކަމުގައި އެމެރިކާއިން ބަލައިގަތުމާއިއެކު ގުދުސްގެ ހިމާޔަތުގައި ފަލަސްތީނުގެ ރައްޔިތުން ނިކުމެފައިވާއިރު ޔަހޫދީ ސިފައިންގެ ހަމަލާތަކުގައި މިހާތަނަށް ހަތަރު މީހަކު ޝަހީދު...

09 Dec 2017 | 11:21

ގުދުސް އަކީ އިޒްރޭލުގެ ވެރިރަށް ކަމުގައި އެމެރިކާއިން ބަލައިގަތުމާއިއެކު ގުދުސްގެ ހިމާޔަތުގައި ފަލަސްތީނުގެ ރައްޔިތުން ނިކުމެފައިވާއިރު ޔަހޫދީ ސިފައިންގެ ހަމަލާތަކުގައި މިހާތަނަށް ހަތަރު މީހަކު ޝަހީދުވެފައިވާކަމަށް ފަލަސްތީނުގެ ހެލްތު މިނިސްޓްރީން ހާމަކޮށްފި އެވެ.

ރެއާއި ހަމައަށް ދެމީހަކު ޝަހީދު ކޮށްލާފައިވާއިރު ފަތިހު ދެމީހަކު ޝަހީދުވެފައިވަނީ ގާޒާގެ ބޯޑަރު ސަރަހައްދަށް ޔަހޫދީން ދިން މިސައިލު ހަމަލާތަކެއްގައި އެވެ.

ހެލްތު މިނިސްޓްރީގެ ޑރ. އަޝްރަފް އަލް ގެދުރާ ބުނެފައިވަނީ މިސައިލުގެ ހަމަލާތައް ދިން ސަރަހައްދުތަކަށް އެމަޖެންސީ ޓީމުގެ މެމްބަރުން ދިޔަ އިރު ދެމީހަކު ޝަހީދުވެފައި ތިބި ކަމަށެވެ .

އެ މިނިސްޓްރީން ހާމަކޮށްފައިވާގޮތުގައި ފަތިހުގެ ހަމަލާގައި ޝަހީދު ކޮށްލާފައިވަނީ އުމުރުން 29 އަހަރުގެ މަހްމޫދު މުހައްމަދު ކިޔާ މީހަކާއި އުމުރުން 25 އަހަރުގެ މުހައްމަދު ޖަބްރު އަސް-ސަފާދީ ކިޔާ މީހެކެވެ. މި މީހުންގެ ހަށިގަނޑު ފެނުނީ ވެއްޓިފައިވާ އިމާރާތެއްގެ ދަށުން ކަމުގައިވެސް ފަލަސްތީނުގެ ހެލްތު މިނިސްޓްރީން ވަނީ ބުނެފަ އެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުންނަމަ މި ދެމީހުން ނިސްބަތްވަނީ ހަމާސް ޖަމާއަތުގެ އަލް ގައްސާމް ބްރިގޭޑަށެވެ.

މިހާތަނަށް ފަލަސްތީނުގެ ހަތަރު މުސްލިމަކު ޝަހީދު ކޮށްލާފައިވާއިރު ޒަހަމްވި މީހުންގެ އަދަދު ވަނީ 1000 އަށްވުރެ މައްޗަށް އަރާފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް