ގުދުސް އަކީ އިސްރާއީލްގެ ވެރިރަށް ކަމުގައި ކަނޑައަޅައި އެމެރިކާއިން އިސްރާއީލްގައި ގާއިމް ކޮށްފައި ހުންނަ އެމްބަސީ ގުދުސް އަށް ބަދަލުކުރަން ނިންމި ނިންމުން އެމެރިކާގެ ރައްޔިތުންގެ މެދުގައިވެސް މަގުބޫލުނޫންކަން ދިރާސާ ތަކުން ދައްކައިފިއެވެ.
މިގޮތުން އެމެރިކާގެ ޔުނިވާސިޓީ އޮފް މެރީލޭންޑް ހެދި ދިރާސާއަކުން ދައްކާގޮތުގައި އެމެރިކާގެ ރައްޔިތުންގެ 63 ޕަސެންޓު މީހުން އެމެރިކާގެ އެމްބަސީ ގުދުސް އަށް ބަދަލުކުރުމާއި ދެކޮޅެވެެ. މީގެ ތެރޭގައި އެމެރިކާގައި ވެރިކަންުރާ ޕާޓީ ރިޕަބްލިކަންސްގެ 44 ޕަސެންޓު މީހުންގެ ހިޔާލަކީވެސް މިއެވެ. އަދި އެމެރިކާގެ 81 ޕަސެންޓު މީހުން ދެކޭގޮތުގައި ގުދުސްގެ މައްސަލައަށް ހައްލެެއް ހޯދުމަށް މެދު އިރުމަތީގެ ޑިޕްލޮމަސީއާއި ބެހޭ ތަޖުރިބާކާރުންގެ ލަފާ ހޯދަންޖެހޭކަމަށް ދެކެއެވެ.
މީގެ އިތުރުން އެމެރިކާގެ ޔަހޫދީންގެ މެދުގައި ހެދި ދިރާސާއަކުން ދައްކާގޮތުގައި އެމެރިކާގެ އެމްބަސީ ގުދުސް އަށް ބަދަލުކުރުމަށް ތާއީދުކުރަނީ އެންމެ 16 ޕަސެންޓު މީހުންނެވެ. އެމެރިކާގެ ކަންކަން ދިރާސާ ކުރާ ކުންފުންޏެއް ކަމުގައިވާ އެސްއެސްއާރއެސް އިން ހެދި މިދިރާސާއިން ދައްކާގޮތުގައި އެމެެރިކާގެ ޔަހޫދީންގެ 36 ޕަސެންޓު މީހުން ގަބޫލުކުރަނީ އެމެރިކާގެ އެމްބަސީ ގުދުސް އަށް ބަދަލުކުރަންޖެހޭނީ ފަލަސްތީނާއި އިސްރާއިލްއާއި ދެމެދު ސުލްހައިގެ ވާހަކަތައް ދެކެވި އެއްބަސްވުމަކަށް އާދެވުމުންކަމުގައެވެ. އަދި 44 ޕަސެންޓުް މީހުން ދެކޭގޮތުހައި އެމްބަސީ ގުދުސް އަށް ބަދަލުކުރާކަށް ނުޖެހެއެވެ.
ޓްރަމްޕުގެ ނިންމުމަށް ޓްރަމްޕްގެ ސަރުކާރުގެ ބައެއް އިސްމަގާމުތަކުގައި ތިބި ބޭފުޅުންވެސް ވަނީ ދެކޮޅުހަދާފައެވެ. މިގޮތުން އެމެރިކާގެ ސްޓޭޓް އޮފް ސެކެއްޓަރީ ރެކްސް ޓިލާސަން އާއި ޖޭމްސް މޭޓިސް ވަނީ ޓްރަމްޕްގެ ނިންމުމާއި ދެކޮޅުހަދާފައެވެ. މި ދެބޭފުޅުން ވިދާޅުވެފައިވާގޮތުގައި ޓްރަމްޕުގެ މި ނިންމުމުގެ ސަބަބުން މެދުއިރުމަތީ ގައުމުތަކުގައި ތިބި އެމެރިކާގެ ޑިޕްލޮމެޓުންނާއި ސިފައިންގެ ސަލާމަތަށް ނުރައްކާވާނެކަމަށެވެ. ޓްރަމްޕުގެ ނިންމުމާއި ގުޅިގެން ބައެއް ގައުމުތަކެއްގައި ދިރިއުޅޭ އެމެރިކާގެ ރައްޔިތުން ރައްކާތެރިވެ ތިބުމަށް ވަނީ އަންގާފައެވެ. އަދި އެމެރިކާގެ އެމްބަސީތަކުގެ ސަލާމަތީ ފިޔަވަޅުތައް ވަރުގަދަ ކޮށްފައިވާކަމަށްވެސް އެމެރިކާގެ ޑިޕާޓްމެންޓް އޮފް ޑިފެންސުންވަނީ ހާމަކޮށްފައެވެ.
އެމެރިކާއިން އިސްރާއީލްގައި ގާއިމްކޮށްފައި ހުންނަވއެމްބަސީ ގުދުސް އަށް ބަދަލުކުރަން ނިންމުމާއި ގުޅިގެން ގިނަ ގައުމުތަކަކުން ވަނީ އެކަމާއި ދެކޮޅަށް އަޑުއުފުލާފައެވެ. އަދި މި ނިންމުމާއި ގުޅިގެން ފަލަސަތީނުގައި ދަނީ ގިނަ ހަމަނުޖެހުންތަކެއް ހިނގަމުންނެވެ. މިގޮތުން ފަަލަސްތީނުގެ މުސްލިމުންނާއި އިސްރާއީލްގެ ސިފައިންނާއި ދެމެދު ކުރިމަތި ލުންތަކެއް ހިނގައި ފަލަސްތީނުގެ ދެ މުސްލިމަކު ވަނީ ޝަހީދުވެ 700 އަށް ވުރެ ގިނަ މީހުން ވަނީ ޒަހަމް ވެފައެވެ. އަދި އިސްރާއީލްގެ ސިފައިންވަނީ މި ހަމަނުޖެހުންތަކާއި ގުޅިގެން ގިނައަދަދެއްގެ ފަލަސްތީނު ރައްޔިތުން ހައްޔަރުވެސް ކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް