އުރީދޫ ކަލަރ ރަން – ކުލައިގެ ސަޅި އީދެއް

އުރީދޫ އަކީ އަބަދުވެސް ތަފާތު ގޮތްގޮތަށް ކަންތައް ކުރާ ކުންފުންޏެކެވެ. ގިނަ ދުވުންތަކެއް ރާއްޖޭގައި ބާއްވާފައިވާ ނަމަވެސް އުރީދޫގެ ކަލަރ ހަމަ ވަރަށް ތަފާތެވެ. އެހެންކަންތައްތަކެކޭ ވެސް އެއްގޮތަށް އުރީ...

09 Dec 2017 | 09:24

އުރީދޫ އަކީ އަބަދުވެސް ތަފާތު ގޮތްގޮތަށް ކަންތައް ކުރާ ކުންފުންޏެކެވެ. ގިނަ ދުވުންތަކެއް ރާއްޖޭގައި ބާއްވާފައިވާ ނަމަވެސް އުރީދޫގެ ކަލަރ ހަމަ ވަރަށް ތަފާތެވެ. އެހެންކަންތައްތަކެކޭ ވެސް އެއްގޮތަށް އުރީދޫ ވަނީ ދުވުމުގައިވެސް ސަޅި ގޮތެއް ދައްކާލާފައެވެ.

ދުވުމުގެ ބައިވެރިންނަށް އުރީދު ކަލަރ ރަން ވީ ކުލައިގެ ބޮޑު އީދަކަށެވެ. އެންމެންވެސް ފެނުނީ ކުލައިން ޖަރީކޮށްފައި ހުރި ހިނިތުންވުމަކާއި އެކުގައެވެ. ފަސް ކިލޯމީޓަރުގެ މި ދުވުމުގައި ކޮންމެ ކިލޯ މީޓަރެއް ނިމުމުން ކުލަ ޖެހުމުން އެކަން ފާހަގަ ކުރެއެވެ. ހުޅުމާލޭގައި ކުރިއަށް ދިއަ މި ދުވުމުގައި ތިން ހާހަށް ވުރެ ގިނަ ބައިވެރިން ދުވިއެވެ. އޭގެތެރޭގައި ރާއްޖޭގެ މައްޝޫރު ފަރާތްތަކާއި އެކި އުމުރުފުރައިގެ މީހުން ހިމެނެއެވެ. މި ދުވުމުގައި ބައިވެރިވި ކުޑަކުދިންނަށް ވެސް ދުވުން ވަރަށް މަޖާވިއެވެ.

މި ދުވުމުގެ ހުރިހާ ބައިވެރިންނަށް ވެސް ވަނީ މެޑަލް ދީފައެވެ. މި ދުވުމަށްފަހު ވަނީ އަންހެން އަދި ފިރިހެން ފެންސީ ރަނާ އިއުލާންކޮށްފައެވެ. އަދި މޯސްޓް އެންޓަޓައިނިން ރަނާ ވެސް ވަނީ އިއުލާންކޮށްފައެވެ.

ކަލާ ރަން އަކީ ދުޅަހެޔޮ ދިރިއުޅުމަކަށް، ދުވުމަކީ މަޖާ އަދި އުފާވެރިކަން ގެނުވައިދޭނެ ހަރަކާތެއްކަން އަންގައިދިނުމުގެ މަގުސަދުގައި އުރީދޫ އިން ބާއްވަން ފެށި ހަރަކާތެކެވެ. ކޮންމެ އަހަރަކު ވެސް ކަލާ ރަން ބާއްވާނެ ކަމަށް އެ ކުންފުނިން ވަނީ ބުނެފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް