އެމެރިކާގެ އެމްބަސީ ގުދުސް އަށް ބަދަލުކުރުމާއި ގުޅޭ އާދަޔާ ޚިލާފު ވާހަކަތައް

އިޒްރާއީލުގެ ވެރިރަށަކީ ގުދުސްކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ނިންމުމާއި ގުޅިގެން ރާއްޖޭގެ މީޑިއާ އާއި ބައިނަލްއަގުވާމީ މީޑިއާގައި އެންމެ ބޮޑަށް ދައްކަމުންދާ ވާހަކައަކީ މިއީއެވެ. އެހެނަސް މ...

09 Dec 2017 | 02:11

އިޒްރާއީލުގެ ވެރިރަށަކީ ގުދުސްކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ނިންމުމާއި ގުޅިގެން ރާއްޖޭގެ މީޑިއާ އާއި ބައިނަލްއަގުވާމީ މީޑިއާގައި އެންމެ ބޮޑަށް ދައްކަމުންދާ ވާހަކައަކީ މިއީއެވެ. އެހެނަސް މިފަދަ މުހިއްމު ކަމެއްގައި އާންމުކޮށް ނުދެކެވޭ ބައެއް ވާހަކަތައް ހިމަނާލާނަމެވެ.

ގުދުސް އިން އެމެރިކާ އަށް އެމްބަސީގެ ބިމުކުލީގެ ގޮތުގައި އަހަރަކަށް އެއް ޑޮލަރު

ގުދުސްގައި އެމެރިކާގެ އެމްބަސީ ހެދުމަށް 1989 ވަނަ އަހަރު އިޒްރާއީލުން ވަނީ އެމެރިކާ އަށް ބިމެއް ކުއްޔަށް ދީފައެވެ. އެ ބިމުގެ ކުއްޔަކީ އަހަރަކަށް އެއް ޑޮލަރެވެ. އެހެންނަމަވެސް އެތަނުގައި އެއްވެސް މަސައްކަތެއް ކޮށްފައެއް ނުވެއެވެ.

އެމެރިކާގެ ކޮންގްރެސްއިން ވަނީ 1995 ގައި މިކަމަށް ތާއީދުކޮށްފައި 

އެމެރިކާގެ ކޮންގްރެސް އިން ވަނީ 1995 ގައި ' ދަ ޖެރޫސަލަމް އެމްބަސީ އެކްޓް' ގެ ނަމުގައި އެކްޓެއް ފާސްކޮށްފައެވެ. އަދި މީގައި ވަނީ އެމެރިކާގެ އެމްބަސީ ގުދުސް އަށް ބަދަލުކުރުމަށް ނިންމާފައެވެ. އެހެންނަމަވެސް ޑޮނަލްޑް ޓްރަމްޕް ނޫން އެހެން ހުރިހާ ރައީސުން ވަނީ މިކަން ކުރައްވަން ދެކޮޅު ހައްދަވާފައެވެ.

އެމެރިކާ އެމްބަސީ އަވަހަކަށް ބަދަލެއް ނުވާނެ

އެމެރިކާގެ އެއްބަސީ ގުދުސް އަށް ބަދަލުކުރަން އެތައް އަހަރެއް ނެގުމަކީ އެކަށީގެންވާ ކަމެކެވެ. އިނގިރޭސިވިލާތުގައި ހުރި އެމެރިކާގެ އެމްބަސީ ލަންޑަނުގެ އުތުރުން ދެކުނަށް ބަދަލުކުރަން 2008 ގައި ފެށި މަސައްކަތް އެމެރިކާ އަށް ނިންމާލެވޭނެ ކަމަށް ލަފާކުރެވެނީ 2018 ވަނަ އަހަރުއެވެ.

އެމެރިކާގެ ގިނަ ޔަހޫދީންގެ ތާއީދެއް ނެތް

އެމެރިކާގެ ޔަހޫދީންގެ ތެރެއިން އެމެރިކާ އެމްބަސީ ގުދުސް އަށް ބަދަލުކުރުމަށް ތާއީދު ކުރަނީ އެންމެ 16 ޕަސެންޓް މީހުންނެވެ. އެހެންނަމަވެސް މުއްސަނދި ޔަހޫދީންގެ ބޮޑުބައެއް ޑޮނަލްޑް ޓްރަމްޕްގެ ނިންމުމަށް ތާއީދު ކުރެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް