ފަލަސްތީނުގައި ޝަހީދުވި މީހުންގެ އަދަދު ދެއަކަށް، ޒަހަމްވި މީހުންގެ އަދަދު 700 އިން މައްޗަށް

ގުދުސް އަކީ އިޒްރޭލުގެ ވެރިރަށް ކަމުގައި އެމެރިކާއިން ބަލައިގަތުމާއެކު ގުދުސްގެ ދިފާއުގައި ފަލަސްތީނުގެ މުސްލިމުން ނިކުމެފައިވާއިރު އިއްޔެގެ ކުރިމަތިލުންތަކުގައި ފަލަސްތީނުގެ ދެ މުސްލިމަކު ޝަހީދުވެ 70...

09 Dec 2017 | 01:15

ގުދުސް އަކީ އިޒްރޭލުގެ ވެރިރަށް ކަމުގައި އެމެރިކާއިން ބަލައިގަތުމާއެކު ގުދުސްގެ ދިފާއުގައި ފަލަސްތީނުގެ މުސްލިމުން ނިކުމެފައިވާއިރު އިއްޔެގެ ކުރިމަތިލުންތަކުގައި ފަލަސްތީނުގެ ދެ މުސްލިމަކު ޝަހީދުވެ 700 އަށްވުރެ ގިނަ މުސްލިމުން ޒަހަމްވެއްޖެ އެވެ.

ދެ މުސްލިމަކު ޝަހީދުވެފައިވާކަމުގައި ރޭގެ އިރާކޮޅުގެ ވަގުތެއްގައި މީޑިއާތަކުން ރިޕޯޓް ކުރި އެވެ. ނަމަވެސް ދެވަނަ މީހާ ޝަހީދުވެފައިވަނީ ބަޑީގެ ހަމަލާއަށް ހޮސްޕިޓަލެއްގައި ފަރުވާ ދެމުން ދަނިކޮށް ރޭގެ ވަގުތެއްގައި އެވެ.

ޝަހީދުވި ދެމީހުންނަކީ އުމުރުން 54 އަހަރުގެ މާހެރު އާތަﷲ އާއި އުމުރުން 30 އަހަރުގެ މަހްމޫދު އަލް މަސްރީ އެވެ. މާހެރު ޝަހީދުކޮށްލާފައިވަނީ ގާޒާގެ އުތުރުގަ އެވެ. މަސްރީ ޝަހީދުކޮށްލާފައިވަނީ ގާޒާ ބޯޑަރުގެ ދެކުނުގަ އެވެ.

އިއްޔެގެ ކުރިމަތިލުންތަކުގައި 700 އަށްވުރެ ގިނަ މުސްލިމުން ޒަހަމްވެފައިވާއިރު އޭގެތެރެއިން 150 އަށްވުރެ ގިނަ މީހުން ޒަހަމްވެފައިވަނީ ބަޑީގެ ހަމަލާތަކުންނެވެ. ތިން މީހެއްގެ ހާލު ސީރިއަސް ކަމުގައި ރިޕޯޓް ކޮށްފައި ވެ އެވެ.

ގުދުސްގެ ދިފާއުގައި ފަލަސްތީނުގެ މުސްލިމުން ކުރަމުން އަންނަ އިހްތިޖާޖުތައް އިއްޔެގެ ހުކުރު ނަމާދަށްފަހު ވަނީ އިތުރަށް ވަރުގަދަ ކޮށްފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް