ބިޔަރު ދަޅުތަކަކާއެކު އަންހެނަކާއި ފިރިހެނަކު ހައްޔަރުކޮށްފި

ހުޅުމާލެ ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައި ބިޔަރު ދަޅުތަކަކާއެކު ދެ މީހަކު ހުޅުމާލެއިން ހައްޔަރުކޮށްފި އެވެ. މިމައްސަލައާއި ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ 22 އަހަރުގެ އަންހ...

09 Dec 2015 | 07:44

ހުޅުމާލެ ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައި ބިޔަރު ދަޅުތަކަކާއެކު ދެ މީހަކު ހުޅުމާލެއިން ހައްޔަރުކޮށްފި އެވެ.

މިމައްސަލައާއި ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ 22 އަހަރުގެ އަންހެނަކާއި 24 އަހަރުގެ ފިރިހެނެކެވެ. މި ދެމީހުންވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ މި ޑިސެމްބަރު މަހުގެ 7 ވަނަ ދުވަހުގެ 0935 ހާއިރު ހުޅުމާލޭގައި ދުވަހު ކުއްޔަށް ކޮޓަރި ދޫކުރާ ގެއެއްގެ ތެރެއިން ކަމަށް ފުލުހުން ބުނެ އެވެ.

ފުލުހުން ބުނީ މިދެމީހުންގެ ތެރެއިން 24 އަހަރުގެ މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ ހުޅުމާލެ ގެއެއްގެ ބެލްކަނީގައި ބިޔަރުކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ދަޅެއް ހިފައިގެން ހުރިތަން ފުލުހުންނަށް ފެނުމުން އެގެއަށް ފުލުހުން ވަންނަނިކޮށް މިމިހާ އެގޭ ސިޑިން ފައިބަނިކޮށް ކަމަށާއި އަދި އަންހެން މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ 24 އަހަރުގެ މީހާ ބިޔަރު ދަޅު ހިފައިގެން ހުރި ބެލްކަނި ހިމެނޭ ފަންގިފިލާއިން ކަމަށް ފުލުހުން ބުނެ އެވެ.

މި ދެމީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް އެ ފަންގިފިލާ ބަލައިފާސްކުރިއިރު އެ ފަންގިލާގެ ސިޓިންގ ރޫމް ބެލްކަނިން ބޭނުންކޮށްފައިވާކަމަށް ބެލެވޭ 2 ބިޔަރު ދަޅެއް ފެނިފައިވާއިރު އެސިޓިންގ ރޫމްތެރެއިން ފެނުނު ދަބަހެއްގެ ތެރެއިން ވަނީ 14 ދަޅު ބިޔަރު ފެނިފައި ވާކަމަށްވެސް ފުލުހުން ބުނެ އެވެ.

ފުލުހުން އިތުރަށް ބުނީ މި ދެމީހުންގެ ތެރެއިން 22 އަހަރުގެ އަންހެން މީހާއަކީ ފުލުހަކަށް އަނިޔާކުރުމާއި މަސްތުވާތަކެތީގެ މައްސަލައެއްގެ ރެކޯޑްސް އޮންނަ މީހެއް ކަމަށާއި އަދި 24 އަހަރުގެ މީހާއަކީ މަކަރާއި ހީލަތުގެ މައްސަލައަކާއި ޓެރަރިޒަމްގެ މައްސަލައަކާއި މަސްތުވާތަކެތީގެ މައްސަލަތަކުގެ އިތުރުން ވައްކަމުގެ މައްސަލަތަކުގެ ރެކޯޑްސް އޮންނަ މީހެއް ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް