ކާޑުގެ ބާވަތްތަކުން ޑިއުޓީ ނުނަގަން ރައީސް ޔާމީން ނިންމަވައިފި
ރާއްޖެއަށް މިވަގުތު ދިމާވެފައިމިވާ ހާލަތައް ރިއާޔަތްކޮށް ކާޑުގެ ބާވަތްތަކުން ޑިއުޓީ ނުނަގާގޮތަށް ރައީސް ޔާމީން ނިންމަވައިފި އެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިކަން ހާމަކުރެއްވީ އެކޮނޮމިކް ކައުންސިލްގެ ކޯޗެއާ އަދި ޓުއަރިޒަމް މިނިސްޓަރު އަހުމަދު އަދީބު އެވެ.
"މިއަދު ބޭއްވުނު އެކޮނޮމިކަ ކައުންސިލްގަ ރައީސް ޔާމީން ނިންމަވާފައިވަނީ ކާޑުގެ ބާވަތްތަކުން ޑިއުޓީ ނުނަގަން މިއީ މިވަގުތު ރާއްޖޭގެ ހާލަތަށް ރިއާޔަތްކޮށް ރައިސް ޔާމީން ނިންމެވި ނިންމެވުމެއް، ވަރަށް ގިނަ ބައެއްގެ އެދުމުގެ މަތިން އެގޮތަށް ނިންމީ" އަދީބު ވިދާޅުވިއެވެ.
ކާޑުގެ ބާވަތްތައްކުން ޑިއުޓީ ނުނަގަން ރައީސް ޔާމީން ނިންމެވި ނިންމެވި ނިންމެވުމަކީ ވަގުތީ ނިންމެވުމެއްތޯ އަދި މި ދައުރު ނިމެންދެން ދެމިގެންދާނެ ނިންމުމެއްތޯ ނޫސްވެރިޔަކު ސުވާލު ކުރުމުން މިނިސްޓަރު އަދީބު އެކަމަށް ސީދާ ޖަވާބެއް ދެއްވާފައެއް ނުވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް