މެންޗަސްޓަރ ސިޓީއިން 200 މިލިއަން ޕައުންޑްގެ ޓްރޭނިންގް ކޮމްޕްލެކްސް ހުޅުވައިފި

މެންޗަސްޓަރ ސިޓީއިން 200 މިލިއަން ޕައުންޑްގެ ޓްރޭނިން ކޮމްޕްލެކްސް ހުޅުވުމަށްފަހު އާމުންނަށް ދައްކާލައިފިއެވެ. 80 އޭކަރުގެ ސަރަހައްދެއްގެ ޓްރޭނިން ކޮމްޕްލެކްސް ހުޅުވައިދެއްވާފައިވަނީ ޗާންސެލަރ ޖޯޖު އޮ...

09 Dec 2014 | 03:39

މެންޗަސްޓަރ ސިޓީއިން 200 މިލިއަން ޕައުންޑްގެ ޓްރޭނިން ކޮމްޕްލެކްސް ހުޅުވުމަށްފަހު އާމުންނަށް ދައްކާލައިފިއެވެ.

80 އޭކަރުގެ ސަރަހައްދެއްގެ ޓްރޭނިން ކޮމްޕްލެކްސް ހުޅުވައިދެއްވާފައިވަނީ ޗާންސެލަރ ޖޯޖު އޮސްބާރންއެވެ.

ސިޓީގެ ޓްރޭނިން ކޮމްޕްލެކްސްގައި ޖުމްލަ 16 ދަނޑު ހިމެނޭއިރު، " ސިންތެޓިކް އިންޑޯރ" ދަނޑެއްވެސް ހިމެނެއެވެ. މީގެ އިތުރުން ކުޅުންތެރިންނަށް ވީޑިއޯ ބެލުމަށް ހާއްސަކޮށް 56 މީހުންގެ ޖާގަ ހިމެނޭގޮތަށް އޮޑިޓޯރިއަމްއެއް ހިމެނެއެވެ. ކުޅުންތެރިންނަށް ހަމަޖައްސާފައިވަނީ 4 ތަރީގެ އެކޮމަޑޭޝަންއެވެ. އެގޮތުން ހުރިހާ ކޮޓަރިއްގައިވެސް ބޭނުން ކޮށްފައިވަނީ "ކިންގް" ސައިޒްގެ އެނދާއި ފާހާނާއެވެ. އަދި ކޮޓަރިތަށް ޑިޒައިންކޮށްފައިވަނީ ނިދުމާއި ގުޅޭ ސިއްހީ މާހިރުންގެ އެހީގައެވެ.

އެކަޑަމީގެ ކުޅުންތެރިންގެ އިތުރުން ސިޓީގެ އަންހެންޓީމް ބޭނުންކުރުމަށް ޓްރޭނިން ކޮމްޕްލެކްސްގައި 7000 މީހުންގެ ޖާގަ ހިމެނޭ ސްޓޭޑިއަމެއް ފަރުމާކޮށްފައިވެއެވެ. މީގެ އިތުރުންވެސް 40000 ކިލޯ މީޓަރގެ ސަރަހައްދެއްގައި އަރޓިފިޝިއަލް ޓަރފްެ 5 ދަނޑު ހިމެނެއެވެ. މި 5 ދަނޑަކީވެސް ތަފާތު ފަސް ދަނޑެކެވެ. އެއީ ރަށުން ބޭރުގައި ސިޓީ ކުޅެންޖެހޭ މެޗުތަކަށް ތައްޔާރުވުމަށްޓަކައެވެ.

ޓްރޭނިންގް ކޮމްޕްލެކްސްގައި ތަފާތު އެލްޓިޓިއުޑް އަދި ފިނިހޫނުމިނަށް ކުޅުންތެރިން ހޭނުވުމަށް " ހައިޕޮސިކް ޗެމްބަރ"  އެއް ހިމެނެެވެ. އަދި މީގެއިތުރުންވެސް ކުޅުންތެރިންގެ އަނިޔާތަކަށް ފަރުވާކުރުމަށް ހައިޑްރޯ ތެރެޕީގެ ވަސީލަތްތަށް ގާއިމްކުރެވިފައިވެއެވެ.

ސިޓީގެ ޓްރޭނިން ކޮމްޕްލެކްސްއާއި އެތިހާދް ސްޓޭޑިއަމް ގުޅާލެވިފައިވަނީ ފާލަމަކުންނެވެ.

ޓްރޭނިން ކޮމްޕްލެކްސްއާއި ގުޅިގެން ސިޓީގެ ޑިފެންޑަރ ޒަބަލެޓާ ބުނެފައިވަނީ މިފަދަ ޓްރެއިނިންގެ ފެސިލިޓީއެއް އަދި އޭނާއަށް ފެނިފާ ނުވާކަމަށެވެ. އެންމެ ފަހުން އަރޖެންޓީނާ އަދި ޕޯރޗުގަލް ކުޅުނު މެޗަށް އަރޖެންޓީނާގެ ޓީީމް ތައްޔާރުވެފައިވަނީ މި ކޮމްޕްލެކްސް ގައެވެ. އެގޮތުން ލިއޯ މެސީ އަދި މުޅި ޓީމްވެސް ޓްރޭނިން ކޮމްޕްލެކްސްއާއި ދޭތެރޭ ވަރަށް ބޮޑަށް ހިތްހަމަ ޖެހުނުކަމަށްވެސް ޒަބަލެޓާ ބުނެފައިވެއެވެ.

މި ޓްރޭނިންގް ކޮމްޕްލެކްސްއަކީ މިހާރު ދުނިޔޭގައި ހުރި އެންމެ ފުރިހަމަ ޓްރޭނިންގް ކޮމްޕްލެކްސްއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް