އަންހެނުންގެ އޭޝިއަން ސެންޓްރަލް ޒޯން ވޮލީބޯލް ޗެމްޕިއަންޝިޕްގައި ވަރުގަދަ ކިރްގިސްތާނުގެ މައްޗަށް ރާއްޖެ ކުރި ހޯދައިފިއެވެ.
މި މުބާރާތުގައި ރާއްޖެ ކުޅުނު ފުރަތަމަ މެޗުގައި ކިރްގިސްތާނުގެ މައްޗަށް ރާއްޖެ ކުރިހޯދީ ވާދަވެރި ކުޅުމަކަށްފަހު 3 ސެޓު 2 ސެޓުންނެވެ.
މި މެޗުގެ ފުރަތަމަ ސެޓު 26-24 އިން ރާއްޖެއިން ކާމިޔާބުކުރި އިރު، ޖެހިގެން އައި ދެ ސެޓު 25-22 އިން އަދި 25-14 އިން ގެންދިޔައީ ކިރްގިސްތާނުންނެވެ. ނަމަވެސް ފަހު ދެ ސެޓު 15-18 އަދި 15-10 އިން ގެންދިޔައީ ރާއްޖޭގެ އަންހެން ވޮލީ ޓީމެވެ.
ބަންގްލަދޭޝްގައި ކުރިއަށްދާ މި މުބާރާތުގައި ރާއްޖެކުޅޭ ދެވަނަ މެޗުގައި މާދަމާ ނުކުންނާނީ ބަންގްލަދޭޝްއާ ދެކޮޅަށެވެ. އަދި ހޯމަ ދުވަހު އަފްޣާނިސްތާނާ ދެކޮޅަށް ނުކުންނަ އިރު، ބުދަ ދުވަހު ނުކުންނާނީ ނޭޕާލާ ދެކޮޅަށެވެ.
އަންހެން ގައުމީ ޓީމު މިފަހަރުގެ މުބާރާތާއި ކުރިމަތިލާފައިވަނީ މެޑެއްޔެއް ހޯދުމަށް އަމާޒުކޮށްގެންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް