ރަސޫލާ ގެނެސްދެއްވި މަތިވެރި ޙިދާޔަތުގައި އަބަދުގެ ދެމިތިބުމަށް އަޒުމް އާކުރޭ: ރައީސް މައުމޫން

ކީރިތި ރަސޫލާ محمّد رسول اللّه صلّى اللّه عليه وسلّم މިއުންމަތަށް ގެނެސްދެއްވި މަތިވެރި މަތިވެރި ޙިދާޔަތުގައި އަބަދުމެ ހިފެހެއްޓުމަށް އަޒުމް އާކޮށް އާލާކުރުމަށް ކުރީގެ ރައީސް އަދި އެމްއާރްއެމްގެ އިންތ...

09 Nov 2019 | 06:57

ކީރިތި ރަސޫލާ محمّد رسول اللّه صلّى اللّه عليه وسلّم މިއުންމަތަށް ގެނެސްދެއްވި މަތިވެރި މަތިވެރި ޙިދާޔަތުގައި އަބަދުމެ ހިފެހެއްޓުމަށް އަޒުމް އާކޮށް އާލާކުރުމަށް ކުރީގެ ރައީސް އަދި އެމްއާރްއެމްގެ އިންތިގާލީ ރައީސް މައުމޫން އަބްދުލްގައްޔޫމް ގޮވާލައްވައިފިއެވެ.

ރައީސް މައުމޫން ވިދާޅުވީ، މިއަދަކީ ރަބީޢުލްއައްވަލް ބާރަވަނަ ދުވަސް ކަމަށާއި ކީރިތި ރަސޫލާ ދުނިޔޭގެ އަލިކަން ދެކެވަޑައިގެންނެވި މިމާތް ދުވަސް ފާހަގަ ކުރުމުގެ ބޭނުމަކީ އެކަލޭގެފާނުގެ ވަސްމީރު ޒިކުރާއިން އަޅުގަނޑުމެން ޢިބްރަތްތެރި ފިލާވަޅުތަކެއް ހަސިލުމުރުމަށް ކަމަށެވެ. އެކަލޭގެފާނުގެ މަތިވެރި ޚުލްޤުފުޅާއި ގެންގުޅުއްވި މާތް ރީވެތި އުސޫލުތައް އަމަލީގޮތުން ނަމޫނާއަކަށް ބެލުމަށް ރައީސް މައުމޫން ގޮވައިލެއްވި އެވެ.

ރައީސް މައުމޫން ދެއްވި ޚިތާބުގައި ވިދާޅުވީ، ކީރިތި ރަސޫލާގެ ސީރަތްފުޅަށް ނަޒަރު ހިންގައިލައިފިނަމަ އެކަލޭގެފާނުގެ އެންމެ ހާއްސަ ސިފަފުޅަކީ އޯގާތެރިކަމުގެ ނުވަތަ ރަޙުމަތުގެ ނުވަތަ އެންމެންނަށްވެސް ރަޙުމް ކުރެއްވުމުގެ މާތް ސިފަފުޅުކަން ސާބިތުވެގެން ދާކަމުގައެވެ.

އަލުގަނޑުމެން މިއަދު ރަސޫލާގެ ޢީދުމީލާދުގެ އުފާ ފާޅުކުރަމުންދާއިރު އެކަލޭގެފާނު ކޮންމެ ކަމެއްގައިވެސް ދައްކަވާފައިވާ މަތިވެރި ނަމޫނާއަށް އަމަލީގޮތުން ތަބާވުމަށް އިސްކަންދިނުމަށް ރައީސް މައުމޫން ގޮވައިލެއްވިއެވެ.

"ވަކިން ހާއްސަ ކޮށް އެންމެންނާމެދުވެސް އެކަލޭގެފާނު ގެންގުޅުއްވި މާތް ރީތި ގޮތްތައް ދަސްކުރުމެވެ. އަޅުގަނޑުމެންނަކީ އެންމެންނަށްވެސް އޯގާތެރިވާ އެންމެންނަށްވެސް ރަހުމްކުރާ، އެންމެންނަށްވެސް ކަމޭހިތާ، އެއްވެސް މީހަކާމެދު ކުޑައިމިސް ބަހެއް ނުބުނާ އިޙުސާންތެރި ބަޔަކަށް ވެވޭތޯ ގަދައަޅައި މަސައްކަތް ކުރުމެވެ." ރައީސް މައުމޫންގެ ޚިތާބުގައި ވިދާޅުވިއެވެ.

އެހެންކަމުން ކީރިތި ރަސޫލާގެ ހަޔާތްޕުޅުން ޢިބްރަތް ހާސިލުކޮށް، އެއްބައިވަންތަކަމާއި ހަމަހަމަކަމުގެ ޢުޞޫލުތަކަށް ޙުރްމަތްތެރިކޮށްހިއްތަވައި، އަޅުގަނޑުމެންގެ މެދުގައިވާ އުޚުއްވަތްތެރިކަމުގެ ގުޅުން އިތުރަށް ބަދަހިކޮށް، ސުލްހަމަސްލަހަތު ދެމެހެއްޓުމުގެ މަތިވެރި ޢަޒުމް އިތުރަށް ވަރުގަދަ ކުރެވޭތޯ މަސައްކަތްކުރުމަށްވެސް ރައީސް މައުމޫނު ގޮވައިލެއްވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް