އުރީދޫގެ "ބިގް މިލިއަން އޮފަރ" ގެ ނަސީބުވެރީންނަށް މިލިޔަން ރުފިޔާގެ ފައިސާގެ އިނާމުތައް ހަވާލުކުރަން ފަށައިފި

މިނިވަން ފަންސާސް ފާހަގަ ކުރުމަށް އުރީދޫއިން ކުރިއަށް ގެންދިޔަ "ބިގް މިލިއަން އޮފަރ" ގައި ޖުމްލަ އެއް މިލިއަން ރުފިޔާގެ ބޮޑު ފައިސާގެ އިނާމު ލިބުނު ނަސީބުވެރިންނާއި، އިނާމު ހަވާލުކުރަން ފަށައިފިއެވެ. ...

09 Nov 2015 | 12:48

މިނިވަން ފަންސާސް ފާހަގަ ކުރުމަށް އުރީދޫއިން ކުރިއަށް ގެންދިޔަ "ބިގް މިލިއަން އޮފަރ" ގައި ޖުމްލަ އެއް މިލިއަން ރުފިޔާގެ ބޮޑު ފައިސާގެ އިނާމު ލިބުނު ނަސީބުވެރިންނާއި، އިނާމު ހަވާލުކުރަން ފަށައިފިއެވެ.

އުރީދޫން ބުނީ މިގޮތުން އުރީދޫގެ އޮފީހުގައި ބޭއްވުނު ހާއްސަ ރަސްމިއްޔާތައް ބައިވެރިވި ކޮންމެ ނަސީބުވެރިޔަކަށްވެސް އެއް ލައްކަ ރުފިޔާގެ ފައިސާގެއިނާމު ހަވާލުކުރެވިފައި ވާކަމަށެވެ. ހަމައެހެންމެ މި ޙަފްލާގައި ބައިވެރިނުވެވުނު ނަސީބުވެރީންނަށް އުރީދޫ އޮފީހައް ވަޑައިގަތުމުން، ފައިސާގެ އިނާމު ހަވާލު ކުރައްވަމުން އެބަ ގެންދާ ކަމަށްވެސް އުރީދޫން ހާމަ ކުރެ އެވެ.

"ބިގް މިލިއަން ޕްރޮމޯޝަންގެ ދަށުން ޖުމްލަ 21000 އަށް ވުރެ ގިނަ ކަސްޓަމަރުންނަށް ވަނީ ތަފާތު އިނާމުތަކެއް ލިބިފައި، މީގެތެރޭގައި ފްރީ މިނިޓްސް، ފްރީ ޑޭޓާ، އައިފޯން 6، އަދި "ބިގް މިލިއަން ކޭޝް ޕްރައިޒް" ގެދަށުން، ދިހަ ބޭފުޅަކަށް ދެ ލައްކަ ރުފިޔާ ލިބިގެންދިޔަ" އުރީދޫން ހާމަކުރެ އެވެ.

"ބިގް މިލިއަން ކޭޝް ޕްރައިޒް" ލިބި ވަޑައިގަންނަވާ ބޭފުޅުންގެ މެދުގައި ގުރުއަތުލައި، ހޮވުނު ނަސީބުވެރިން އިއުލާން ކުރީ ދިޕްލަސްގައި ބޭއްވި ލައިވް ޕްރޮގްރާމެއްގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް