މުލިއާގޭ ކައިރީގައި ބޮން ހަރުކުރި މައްސަލައިގާ މީހަކު ހައްޔަރު ކޮށްފި

މުލިއާގޭ ކައިރީގައި އޮތް ޕިކަޕެއްގެ ތެޔޮ ޓޭންކު މަތީގައި ބޮން ހަރުކުރި މައްސަލައިގާ މިއަދު މީހަކު ހައްޔަރުކޮށްފި އެވެ. ދުވަހަށް މައުލޫމާތު ލިބިފައިވާގޮތުގައި ކޯޓު އަމުރެއްގެ ދަށުން މީހަކު ހައްޔަރުކޮށް...

09 Nov 2015 | 07:09

މުލިއާގޭ ކައިރީގައި އޮތް ޕިކަޕެއްގެ ތެޔޮ ޓޭންކު މަތީގައި ބޮން ހަރުކުރި މައްސަލައިގާ މިއަދު މީހަކު ހައްޔަރުކޮށްފި އެވެ.

ދުވަހަށް މައުލޫމާތު ލިބިފައިވާގޮތުގައި ކޯޓު އަމުރެއްގެ ދަށުން މީހަކު ހައްޔަރުކޮށްފައިވަނީ އޭނާ މާލޭގައި އުޅޭ ގެ، މ އިރުގެ ބަލައި ފާސްކުރުމަށް ފަހުގަ އެވެ. ބަލައި ފާސްކޮށްފައިވަނީ މިއަދު ހެނދުނު 11:00 ހާއިރު އެވެ.

ކޯޓު އަމުރުގައި ވާގޮތުން ހައްޔަރުކޮށްފައިވަނީ ތ.ތިމަރަފުށީ، ވިލާ، ޒިހާން އަހުމަދު ކަމަށްވެސް މައުލޫމާތު ލިބެ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މި ކަމާ ގުޅޭ ގޮތުން އެއްވެސް މައުލޫމާތެއް ދެވެން ނެތް ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް