ސައުދީގައި އީރާނުގެ ތިން މީހެއްގެ މައްޗަށް މަރުގެ ހުކުމް ތަންފީޒް ކޮށްފި

ސައުދީ އަރަބިއާ އަށް ގިނަ އަދަދެއްގެ މަސްތުވާތަކެތި އެތެރެ ކުރި އީރާނަށް ނިސްބަތްވާ ތިން މީހެއްގެ މައްޗަށް އިއްވާފައިވާ މަރުގެ ހުކުމް ތަންފީޒުކޮށްފައި ވާކަމަށް ސައުދީން ހާމަކޮށްފި އެވެ. މި ތިން މީހުން...

09 Nov 2015 | 03:48

ސައުދީ އަރަބިއާ އަށް ގިނަ އަދަދެއްގެ މަސްތުވާތަކެތި އެތެރެ ކުރި އީރާނަށް ނިސްބަތްވާ ތިން މީހެއްގެ މައްޗަށް އިއްވާފައިވާ މަރުގެ ހުކުމް ތަންފީޒުކޮށްފައި ވާކަމަށް ސައުދީން ހާމަކޮށްފި އެވެ.

މި ތިން މީހުންނަށް މަރުގެ ހުކުމް ތަންފީޒު ކޮށްފައިވަނީ އިއްޔެ އެވެ. ސައުދީން ހާމަކުރާ ގޮތުގައި މި ތިން މީހުންނަކީ ކަނޑުމަގުން ސައުދީ އަށް ގިނަ އަދަދެއްގެ ހަޝީޝް ތެޔޮ އެތެރެ ކުރަން އުޅުނު ކަމުގެ ތުހުމަތުގައި ހައްޔަރުކޮށް ހުކުމް އިއްވާފައިވާ ތިން މީހުންނެވެ.

މި ތިން މީހުންނަށް މަރުގެ ހުކުމް އިއްވާފައިވަނީ ސައުދީ އިރުމަތީ ރަށެއް ކަމުގައިވާ ދައްމާމް ގަ އެވެ. ސައުދީގައި މަރުގެ ހުކުމް ތަންފީޒު ކުރަމުން އަންނަނީ ދަން ޖައްސައިގެންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް