ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެ: މެޓް އޮފީސް

ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ނެޝަނަލް މީޓިއޮރޮލޮޖިކަލް ސަރވިސް އިން ވައިޓް އެލަރޓް ނެރެފި އެވެ. ހެނދުނު 7:00 ގައި ނެރެފައިވާ އެލާޓްގައި ބުނެފައިވަނީ މ...

09 Nov 2015 | 03:04

ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ނެޝަނަލް މީޓިއޮރޮލޮޖިކަލް ސަރވިސް އިން ވައިޓް އެލަރޓް ނެރެފި އެވެ.

ހެނދުނު 7:00 ގައި ނެރެފައިވާ އެލާޓްގައި ބުނެފައިވަނީ މިއަދު ހެނދުނު 7:30 އިން ފެށިގެން 12:30 އާއި ދެމެދުގެ ވަގުތުތަކުގައި ރާއްޖޭގެ ހުރިހާ ހިސާބަކަށްވެސް ގުގުރުމާއެކު ވިއްސާރަ ކުރާނެ ކަމަށާއި ވިލާ ގަނޑުގައި ގަޑިއަކު 40 މޭލު ބާރު މިނުގައި ވައި ޖެހޭނެ ކަމަށެވެ.

މެޓް އޮފީހުން ވައިޓް އެލަރޓް ނެރެފައިވާއިރު މި ދުވަސްވަރަކީ މޫސުން ގޯސް ދުވަސްވަރެއް ކަމުން ކަނޑު ދަތުރުފަތުރު ކުރުމުގައި ސަމާލު ވުމަށް މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފުން) ވަނީ އިލްތިމާސް ކޮށްފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް