ކޮނޑޭ ކައުންސިލްގެ ތިން މެމްބަރަކު ޕީޕީއެމަށް ސޮއިކޮށްފި

ކޮނޑޭ ކައުންސިލްގައި މިހާރު ތިބި ހަތަރު މެމްބަރުންގެ ތެރެއިން ތިން މެމްބަރުން ޕީޕީއެމަށް މިއަދު ސޮއި ކޮށްފި އެވެ. ދުވަހަށް މައުލޫމާތު ދެއްވަމުން ޕީޕީއެމްގެ އެސިސްޓެންޓް ސެކްރެޓަރީ ޖެނެރަލް  އަބްދުލް އ...

09 Nov 2014 | 10:40

ކޮނޑޭ ކައުންސިލްގައި މިހާރު ތިބި ހަތަރު މެމްބަރުންގެ ތެރެއިން ތިން މެމްބަރުން ޕީޕީއެމަށް މިއަދު ސޮއި ކޮށްފި އެވެ.

ދުވަހަށް މައުލޫމާތު ދެއްވަމުން ޕީޕީއެމްގެ އެސިސްޓެންޓް ސެކްރެޓަރީ ޖެނެރަލް  އަބްދުލް އަލީމް ވިދާޅުވީ ކޮނޑޭ ކައުންސިލްގައި ތިއްބެވި އަމިއްލަ ހަތަރު މެމްބަރުންގެ ތެރެއިން ތިން މެމްބަރަކު މިއަދު ޕީޕީއެމަށް ސޮއިކޮށްފައިވާކަމަށާއި ބާކީ ހުރި މެމްބަރުވެސް މާލެ އައިސް ސޮއި ކުރުމަށް ހަމަޖެހިފައިވާކަމަށެވެ.

"މިއަދު 5:30 ގައި ސޮއި ކުރީ ތިން މެމްބަރުން، އަނެއް މެމްބަރު ސޮއި ކުރާނެ މާލެ އައިސް، އޮންނަ ރަސްމިއްޔާތެއްގައި" އަލީމް ވިދާޅުވި އެވެ.

ކޮނޑޭ ކައުންސިލްގެ މެމްބަރުންގެ ތެރެއިން ޕީޕީއެމަށް މިއަދު ސޮއި ކުރެއްވި މެމްބަރުންނަކީ މުރުތަލާ ސަލީމާއި ޔުމްނާ ގާސިމާއި މުހައްމަދު އިބްރާހިމްއެވެ.

ކޮނޑޭ ކައުންސިލްގައި މިވަގުތު ހަތަރު މެމްބަރުން ތިއްބަވާއިރު ހުސްވެފައިވާ ގޮނޑީގެ ބައި އިލެކްޝަން ޑިސެމްބަރު 20 ވަނަ ދުވަހު ބާއްވާނެކަން އިލެކްޝަންސް ކޮމިޝަނުން ވަނީ އިއުލާނުކޮށްފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް