ސްޕެނިޝްލަލީގާ: ޝުއަރޭޒްގެ އެހީގައި ބަރސާ މޮޅުވެއްޖެ

ޝުއަރޭޒް ތަނަވަސްކޮށްދިން ދެ ފުރުސަތާއެކު ފަހަތުންއަރާ 2 ގޯލް ޖަހައިގެން ބަރސާ މޮޅުވެއްޖެއެވެ. ރަށުން ބޭރުގައި އަލްމޭރިއާއާއި ދެކޮޅަށް ބަރސާއިން ކުޅުނު މެޗުން ބަރސާ މޮޅުވެފައިވަނީ 2-1 ގެ ނަތީޖާއަކުންނ...

09 Nov 2014 | 08:18

ޝުއަރޭޒް ތަނަވަސްކޮށްދިން ދެ ފުރުސަތާއެކު ފަހަތުންއަރާ 2 ގޯލް ޖަހައިގެން ބަރސާ މޮޅުވެއްޖެއެވެ.

ރަށުން ބޭރުގައި އަލްމޭރިއާއާއި ދެކޮޅަށް ބަރސާއިން ކުޅުނު މެޗުން ބަރސާ މޮޅުވެފައިވަނީ 2-1 ގެ ނަތީޖާއަކުންނެވެ. މެޗުގެ 37 ވަނަ މިނެޓުގައި ކޮލޫސާގެ ގޯލުން އަލޭރިއާވަނީ ލީޑު ނަގާފައެވެ. ބަރސާއިން ގިނަވަގުތު ބޯޅަ ހިފަހައްޓާ ގިނަހަމަލާތަކެއް އުފެއްދިނަމަވެސް އަލމޭރިއާގެ ގޯލް ފޫއަޅުވާލެވޭގޮތްވަނީ ނުވެފައެވެ. ލަޔަނަލް މެސީގެ ދެ ހަމަލާއެއްވަނީ ގޯލްގެ ދަނޑިއާވެސް އަމާޒުވެފައެވެ. ބަރސާއަށް ނަތީޖާ ހަމަހަމަކުރުމަށް ދެވަނަ ހާފްގައި އެހީތެރިވެދިނީ ބަދަލު ކުޅުންތެރިންގެ ގޮތުގައި ކުޅެންނިކުތް ޝުއަރޭޒް އަދި ނޭމަރއެވެ. ޝުއަރޭޒްގެ ޕާހަކުން ފުރަތަމަ ގޯލް ކާމިޔާބުކޮށްދިނީ ބްރެޒިލްގެ ގައުމީ ތަރި ނޭމަރއެވެ. ފަހަތުން އަރާ މެޗުގެ ލީޑު ބަރސާއަށް ނަގާދީފައިވަނީވެސް ޝުއަރޭޒްގެ "އެސިސްޓަކުން" ޖޯޑީ އަލްބާއެވެ.

ބަރސާމެޗުން މޮޅުވުމާއެކު އޮތީ 25 ޕޮއިންޓާއެކު ލަލީގާ ތާވަލުގެ 2 ވަނައިގައެވެ. 27 ޕޮއިންޓާއެކު ލަލީގާ ތާވަލުގެ އެއްވަނާގައި އޮތީ ރިއާލް މެޑްރިޑެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް