އިންޑިއަން ސުޕަރލީގު: ޗެންނާއީ އެފްސީ އަދި ނޯރތުއީސްޓް ޔުނައިޓެޑް އެއްވަރުވެއްޖެ

ހީރޯ އިންޑިއަން ސުޕަރލީގުގައި ރޭ ޗެންނާއީ އެފްސީ އަދި ނޯރތުއީސްޓް ޔުނައިޓެޑް އެއްވަރުވެއްޖެއެވެ. ޗެންނާއީ އެފްސީއިން ފުރަތަމަ ގޯލް މެޗުގެ 25 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އިންޑިއަން ސުޕަރލީގުގެ އެނ...

09 Nov 2014 | 08:17

ހީރޯ އިންޑިއަން ސުޕަރލީގުގައި ރޭ ޗެންނާއީ އެފްސީ އަދި ނޯރތުއީސްޓް ޔުނައިޓެޑް އެއްވަރުވެއްޖެއެވެ.

ޗެންނާއީ އެފްސީއިން ފުރަތަމަ ގޯލް މެޗުގެ 25 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އިންޑިއަން ސުޕަރލީގުގެ އެންމެ ގިނަ ގޯލް މިހާތަނަށް ޖަހާފައިވާ އެލާނޯއެވެ. ޗެންނާއީ އެފްސީގެ ގޯލަށް ނޯރތުއީސްޓް ޔުނައިޓެޑުންވަނީ މާގިނައިރެއްނުވެ ރައްދުދީފައެވެ. އެގޮތުން 38 ވަނަ މިނެޓުގައި ލެންސްގެ ގޯލާއެކު ނޯރތުއީސްޓް ޔުނައިޓެޑުންވަނީ ނަތީޖާ ހަމަހަމަކޮށްފައެވެ. މެޗުގައި ޗެންނާއީ އެފްސީއިންވަނީ 78 ވަނަ މިނެޓުގައި އެލާނޯގެ ގޯލާއެކު ދެވަނަފަހަރަށް ލީޑު ނަގާފައެވެ. ނަމަވެސް މާގިނައިރު ލީޑު ދެމެހެއްޓިފައެއްނުވެއެވެ. 85 ވަނަ މިނެޓުގައި ކޮކޭގެ ގޯލާއެކު އަނެއްކާވެސް ނޯރތުއީސްޓް ޔުނައިޓެޑުންވަނީ މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ.

މެޗުން އެއްވަރުވެ ޗެންނާއީ އެފްސީއިންވަނީ އިންޑިއަންލީގު ތާވަލުގެ 2 ވަނައަށް ޖެހިލާފައެވެ. ނޯރތުއީސްޓް ޔުނައިޓެޑްއޮތީ ތާވަލުގެ 4 ވަނައިގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް