ރައީސް ބ. ދޮންފަނުގައި - ފޮޓޯ: ރައީސް އޮފީސް
ބ.
ދޮންފަނުގެ ބިން ހިއްކުމުގެ މަޝްރޫއު ކުރިއަށް ނުގެންދާނެކަން ރައީސުލްޖުމްހޫރިއްޔާ
ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރައްވައިފިއެވެ.
މިއަދު ރައީސް
ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ ރަށްރަށުގައި ކުރާނެ ކަންކަމާބެހޭ ވަޢުދު ވަނީ
އެ ރަށެއްގެ ރައްޔިތުންގެ ފަރާތުން އެކަމަކަށް އެދިގެން ކަމަށާއި ރަށްޔިތުން ބޭނުން
ނުވާ ކަމެއް އެ ރަށެއްގައި މި ސަރުކާރުން ނުކުރާނެ ކަމަށެވެ.
"މީ
ރައްޔިތުންނާ ގާތުން މަސައްކަތްކުރާ، ރައްޔިތުން އެދޭ އަމާޒަށް މަސައްކަތް ކުރާ ސަރުކާރެއް"
ރައީސް ވިދާޅުވެފައިވެއެވެ.
މިގޮތުން
ބ.ދޮންފަނުގެ ރައްޔިތުންގެ އެދުމުގެ މަތީން އެ ރަށުގައި ބިން ހިއްކުމުގެ މަޝްރޫޢެއް
ހިންގަން ވަޢުދުވެލެއްވި ކަމަށާއި އަދި އެ ވަޢުދު ފުއްދުމަށް އެގްރީމެންޓް ގައި ސޮއި
ކުރި ކަމަށާއި ނަމަވެސް، ރައްޔިތުން އެކަން މިހާރު ބޭނުން ނުވާ ކަމަށް ރައްޔިތުންގެ
ފަރާތުން މަޢުލޫމާތު ލިބިފައިވާކަމަށް ރައީސް މިއަދު ވިދާޅުވިއެވެ.
"އެހެން
ކަމުން، އެރަށުގެ ބިން ހިއްކުން ސަރުކާރުން ކުރިޔަށް ނުގެންދާނެ ވާހަކަ ދަންނަވަން،
އަދި ރަސްމީކޮށް ކައުންސިލަށް މިއަދު ސިޓީއިން ކަމާބެހޭ ވުޒާރާއިން އެކަން އަންގާނެ
ވާހަކަ ދަންނަވަން" ރައީސް ވިދާޅުވިއެވެ.
ދޮންފަނު
ބިންހިއްކުމުގެ މަޝްރޫއު ހުއްޓާލަން ގޮވާލައި އޮންލައިން ޕެޓިޝަނެއް މި ފަހުން
ކުރިއަށްގެސްފައިވެއެވެ. އެ ޕެޓިޝަން ކުރިއަށްގެންގޮސްފައިވަނީ އެ މަޝްރޫއުގެ
ސަބަބުން ހަނިފަރު ބޭއަށް ގެއްލުންވެދާނެ ކަމަށް ބުނެއެވެ. އެ ޕެޓިޝަނުގައި ތިން
ހާހަށްވުރެ ގިނަ މީހުން ސޮއިކޮށްފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް