ހިންމަފުށި ރިހެބް ބަލައިފާސްކުރަނީ

ހިންމަފުށީގައި ގާއިމުކޮށްފައިވާ ޑްރަގް ޓްރީޓްމަންޓް އެންޑް ރިހެބިލިޓޭޝަން ސެންޓަރު ބަލައި ފާސްކުރުމުގެ އޮޕަރޭޝަނެއް ކުރިއަށް އެބަ ދެއެވެ. މީޑިއާތަކަށް މަޢުލޫމާތުދެމުން ފުލުހުން ބުނެފައިވަނި ކ. ހިންމަފ...

09 Sep 2025 | 05:37
ހިންމަފުށީގައި ހުންނަ ރިހެބް ސެންޓަރު - ގޫގަލް ފޮޓޯ: އަހްމަދު ރިޔާޒް

ހިންމަފުށީގައި ހުންނަ ރިހެބް ސެންޓަރު - ގޫގަލް ފޮޓޯ: އަހްމަދު ރިޔާޒް

ހިންމަފުށީގައި

ގާއިމުކޮށްފައިވާ ޑްރަގް ޓްރީޓްމަންޓް އެންޑް ރިހެބިލިޓޭޝަން ސެންޓަރު ބަލައި

ފާސްކުރުމުގެ އޮޕަރޭޝަނެއް ކުރިއަށް އެބަ ދެއެވެ.

މީޑިއާތަކަށް

މަޢުލޫމާތުދެމުން ފުލުހުން ބުނެފައިވަނި ކ. ހިންމަފުށީގައި ހުންނަ އެ ސެންޓަރުގައި

ފުލުހުން ހަރަކާތްތެރިވަމުން އަންނަ ކަމަށާއި އެ ސެންޓަރުގައި ހަރަކާތްތެރިވަމުން

އަންނަނީ ފުލުހުންގެ ޑްރަގް އެންފޯސްމަންޓް އޮޕަރޭޝަން ޓީމެއް ކަމަށެވެ.

އެ

ޓީމުން ހަރަކާތްތެރިވަމުން އަންނަނީ ކޮން ސަބަބަކާކަން ފުލުހުން ހާމައެއް

ނުކުރެއެވެ.

ނަމަވެސް

ބައެއް މީޑިއާތަކަށް މަޢުލޫމާތުދެއްވަމުން ނޭޝަނަލް ޑްރަގް އޭޖެންސީ (އެންޑީއޭ) ގެ

ޗެއާޕާސަން ލުބްނާ ޒާހިރު ވިދާޅުވެފައިވަނީ ފުލުހުންގެ އެ އޮޕަރޭޝަނަކީ ފުލުހުންގެ

އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން އެ ސެންޓަރުން ވަކި އެއްޗެއް

ހޯދުމަށް ކުރިއަށްގެންދާ އޮޕަރޭޝަނެއް ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް