އެމްއެންޑީއެފް ކުރަނގި ހެލިކޮޕްޓަރުގައި ހާލު ބޮޑު ބަލި ދެ މީހަކު މާލެ ގެނެސްދީފި

އެމްއެންޑީއެފް ކުރަނގި ހެލިކޮޕްޓަރުގައި ހާލު ބޮޑު ބަލި ދެ މީހަކު މާލެ ގެނެސްދީފިއެވެ. އިއްޔެ މާލެ ގެނެސްފައިވާ ދެ މީހުންގެ ތެރެއިން އިއްޔެ މެންދުރު 12:30 ހާއިރު މާލެ ގެނެސްދީފައިވަނީ ދ.އަތޮޅު ހޮސްޕިޓަ...

09 Sep 2017 | 07:59

އެމްއެންޑީއެފް ކުރަނގި ހެލިކޮޕްޓަރުގައި ހާލު ބޮޑު ބަލި ދެ މީހަކު މާލެ ގެނެސްދީފިއެވެ.

އިއްޔެ މާލެ ގެނެސްފައިވާ ދެ މީހުންގެ ތެރެއިން އިއްޔެ މެންދުރު 12:30 ހާއިރު މާލެ ގެނެސްދީފައިވަނީ ދ.އަތޮޅު ހޮސްޕިޓަލުގައި ފަރުވާ ދެމުންދިޔަ މާބަނޑު އަންހެނެއް އިތުރު ފަރުވާއަށް ކުއްލިގޮތަކަށް މާލެ ގެނައުމަށް ޑޮކްޓަރުން ލަފާ ދެއްވުމާ ގުޅިގެންނެވެ.

އިއްޔެ އިރުއޮއްސި 18:45 ހާއިރު މާލެ ގެނެސްދީފައިވަނީ އުމުރުން 56 އަހަރުގެ ފިރިހެނެކެވެ. މި މީހާ މާލެ ގެނެސްދީފައިވަނީ ގދ.ފަރެސްމާތޮޑާއިންނެވެ.

އެމްއެންޑީއެފް ކުރަނގި ހެލިކޮޕްޓަރުގައި އިއްޔެ މާލެ ގެނެސްދީފައިވާ ބަލި ދެ މީހުންވެސް ވަނީ އައިޖީއެމް ހޮސްޕިޓަލަށް ގެންގޮސް އިތުރު ފަރުވާ ދޭން ފަށާފައެވެ. އަދި އިއްޔެ މި ކުރިއަށްދިޔަ މެޑިކަލް އިވެކުއޭޝަންތަކުގައި އެމްއެންޑިއެފް ސެންޓްރަލް އޭރިއާ އާއި އެމްއެންޑީއެފް ސަދަން އޭރިއާގެ ސިފައިން ވަނީ ހަރަކާތްތެރިވެފައި ކަމުގައި އެމްއެންޑީއެފުން ހާމަކުރެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް