ބުރުގާ އެޅުމުން އަންހެނާގެ ރީތިކަން ނުގެއްލޭކަން ޑިޒައިނަރަކު ދައްކައިދީފި

ދުނިޔޭގެ މަޝްހޫރު ފެޝަން ޑިޒައިނަރުން ގަބޫލު ކުރާގޮތުގައި ބުރުގާ އަޅައިގެން މޮޑެލް ކުރުމުން ހެދުމުގެ ރީތިކަމާއި އެ އަންހެން މީހާގެ ރީތިކަން ގެއްލެ އެވެ. އެކަމަށް ގޮންޖަހައި އެއީ ދޮގެއްކަން މިފަހަރު ސާ...

09 Sep 2017 | 07:01

ދުނިޔޭގެ މަޝްހޫރު ފެޝަން ޑިޒައިނަރުން ގަބޫލު ކުރާގޮތުގައި ބުރުގާ އަޅައިގެން މޮޑެލް ކުރުމުން ހެދުމުގެ ރީތިކަމާއި އެ އަންހެން މީހާގެ ރީތިކަން ގެއްލެ އެވެ.

އެކަމަށް ގޮންޖަހައި އެއީ ދޮގެއްކަން މިފަހަރު ސާބިތުކޮށްދިނީ އިންޑޮނޭޝިއާގެ މަޝްހޫރު ފެޝަން ޑިޒައިނަރަކެވެ. އެ ގައުމުގެ އެންމެ މަޝްހޫރު ފަސް ފެޝަން ޑިޒައިނަރުންގެ ތެރޭގައި ހިމެނޭ އުމުރުން 26 އަހަރުގެ ދިއަލް ޕެލަންގީ ވަނީ ނިއުޔޯކް ފެޝަންވީކްގައި ބައިވެރިވެ ބުރުގާ އާއި އެކު ފަރުމާކޮށްފައިވާ ހެދުންތަކެއް ދައްކާލާފައި އެވެ.

އެ ހެދުންތައް އޭނާ ދައްކާލާފައިވަނީ "އިންޑޮނޭޝިއަން ޑައިވާސިޓީ"ގެ ނަމުގައި އެވެ.  ދިއަލް ބުނީ އޭނާ ދުނިޔެއަށް ދައްކައިދޭން ބޭނުންވީ އެމީހުންނަކީ ބުރުގާ އަޅައިގެން ތިއްބަސް ރީތި ބައެއް ކަމެވެ. އަދި ބުރުގާ އަކީވެސް ޒަމާނާ އެއްގޮތަށް ތަފާތު ސްޓައިލްތަކަށް އެޅޭ އެއްޗެއް ކަމެވެ.

މި ފެޝަން ޝޯގައި ދިއަލް ދައްކާލާފައިވާ ހެދުންތައް ފަރުމާކޮށްފައިވަނީ އިންޑޮނޭޝިއާއިން އުފައްދާ ފޮއްޗާއި އެނޫންވެސް ގަހަނާ އާއި ސާމާނު ބޭނުންކޮށްގެންނެވެ. ދިއަލްގެ ޑިޒައިންތަކަށް ނިއުޔޯކް ފެޝަން ވީކްގައި ވަނީ ބޮޑު ތަރުހީބެއް ލިބިފަ އެވެ.

އެ ހަފްލާއަށްފަހު އޭނާ ވަނީ އެމެރިކާ އާއި ޔޫރަޕްގެ ގައުމުތަކުން މުސްލިމުންނާއި ދޭތެރޭ ދެކޭގޮތް ބަދަލު ކުރުމަށް ގޮވާލާފަ އެވެ. އެގޮތުން ބުރުގާ އަޅައި، މުސްލިމަކަށް ވުމަކުން އިންސާނިއްޔަތުކަން ނުގެއްލޭނެ ކަމަށާއި އެ ހައްގުން މުސްލިމުން މަހުރޫމު ނުކުރުމަށް ގޮވާލާ ފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް