ސައިނާ ނެވާލްގެ ބަޔޯޕިކްއަށް ޝްރައްދާ ތައްޔާރުވާން ފަށައިފި

ފުރަތަމަ ފަހަރަށް އޮލިމްޕިކްގައި ބެޑްމިންޓަން އިން ރަން މެޑަލް ހޯދި އިންޑިއާގެ ސައިނާ ނެވާލްގެ ބަޔޯޕިކްއަށް ތައްޔާރުވުމަށް ޝްރައްދާ ކަޕޫރު ތަމްރީންތައް ފަށައިފި އެވެ. މި ފިލްމަށް ކިޔަނީ "ސައިނާ" އެވެ....

09 Sep 2017 | 06:21

ފުރަތަމަ ފަހަރަށް އޮލިމްޕިކްގައި ބެޑްމިންޓަން އިން ރަން މެޑަލް ހޯދި އިންޑިއާގެ ސައިނާ ނެވާލްގެ ބަޔޯޕިކްއަށް ތައްޔާރުވުމަށް ޝްރައްދާ ކަޕޫރު ތަމްރީންތައް ފަށައިފި އެވެ.

މި ފިލްމަށް ކިޔަނީ "ސައިނާ" އެވެ. ފިލްމުގައި ސައިނާގެ ރޯލުން ފެނިގެންދާ ޝްރައްދާ ވަނީ ސައިނާގެ އިތުރުން އޭނާގެ ކޯޗާއި އެކު ފަރިތަކުރުންތައް ކުރިޔަށް ގެންގޮސްފައި އެވެ. ފަރިތަކުރުންތަކަށް ފަހު ޝްރައްދާ ބުނެފައިވަނީ މި ފިލްމަކީ އޭނާއަށް މަސައްކަތް އެންމެ ބުރަވާނެ ފިލްމު ކަމަށެވެ.

ފިލްމު "ސައިނާ" އަށް ތައްޔާރުވުމަށް ޝްރައްދާ ގެންދަނީ ސައިނާ ކުޅޭ ގޮތަށް ބެޑްމިންޓަން ކުޅެން ދަސްކުރަން ބުރަ މަސައްކަތަކެއް އަދި ވަގުތުތަކެއް ހޭދަ ކުރަމުންނެވެ.

އަމޯލް ގުޕްތާ ޑައިރެކްޓްު ކުރާ މި ފިލްމު ރިލީޒް ކުރާ ދުވަހެއް އަދި ހާމައެއް ނުކުރެ އެވެ.

ސައިނާގެ ބަޔޯޕިކްއަށް ޝްރައްދާ ތައްޔާރުވަމުންދާއިރު މިމަހު 22 ރިލީޒް ކުރާ ޝްރައްދާގެ ފިލްމު " ހަސީނާ ޕާކާ" އަކީ އަންޑާވޯލްޑް ޑޮން ދާއޫދު އިބްރާހިމްގެ ދައްތަގެ ހަޔާތުގެ މައްޗަށް ތައްޔާރު ކޮށްފައިވާ ފިލްމެކެވެ. ޝްރައްދާ ބުނެފައިވަނީ އެ ފިލްމުގައި އޭނާ ފެނިގެންދާތީ ތަފާތު މީހެއްގެ ރޯލުން ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް