ކުރީގެ ސަލްޓަން ޕާކުގައި އަލަށް ހުޅުވި ރަސްރަނި ބަގީޗާއަށް ދިވެހިންނާއި ކައިވެނިކޮށްގެން އުޅޭ ބިދޭސީންނަށް ހިލޭ ވަދެވޭނެ ކަމަށް ހައުސިން މިނިސްޓްރީން ބުނެފި އެވެ.
އެ މިނިސްޓްރީން އަމަލު ކުރަމުންދާ އުސޫލުގެ ދަށުން ބިދޭސީންނަށް އެ ބަގީޗާއަށް ވަދެވެނީ ހެނދުނު 6:00 ން ހަވީރު 4:00 އަށް 75 ރުފިޔާގެ ފީއެއް ދައްކައިގެންނެވެ. އަދި އޭގެ ފަހުން ބަގީޗާއަށް ވަދެވެނީ 100 ރުފިޔާގެ ފީއެއް ދައްކައިގެންނެވެ.
ހައުސިން މިނިސްޓްރީން ރޭ ބުނީ ދިވެހިންނާއި ކައިވެނިކޮށްގެން އުޅޭ ބިދޭސީންނަށް އެމީހުންގެ އަނބިމީހާ، ފިރިމީހާ ނުވަތަ ދަރިފުޅާއި އެކު ހިލޭ އެ ބަގީޗާއަށް ވަދެވޭނެ ކަމަށެވެ. އަދި ބިދޭސީ ކުޑަކުދިންނަށް ދިވެހިންނެކޭ އެއްގޮތަށް އެ ޕާކަށް ހިލޭ ވަދެވޭނެ ކަމަށެވެ.
މި ބަގީޗާ އާންމުންނަށް ހުޅުވާލީ މިދިޔަ މަހުގެ 25 ވަނަ ދުވަހު އެވެ.
މިތަން ހުޅުވިފައި ހުންނާނީ ހެނދުނު 6:00 ން ރޭގަނޑު 12:00 އަށް އަދި ހުކުރު ދުވަހުގެ މެންދުރު ފަހު 2:00 އިން 11:00 އަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް