ރޮހިންޖާގެ މުސްލިމުންނަށް ވަގުތީ ހިޔާވަހިކަން ފޯރުކޮށްދިނުމަށް މެލޭޝިޔާއިން ތައްޔާރު

ބަރުމާގެ އަސްކަރިއްޔާއާއި ބުދުދީނުގެ އަހުލުވެރިން އެގައުމުގެ ރޮހިންޖާ މުސްލިމް ދަރިކޮޅަށް ދެމުން އަންނަ ލާއިންސާނީ އަނިޔާތަކަށް ކެތް ނުކުރެވިގެން އެ ދަރިކޮޅުގެ ރައްޔިތުން ކައިރި ގައުމުތަކަށް ހިޖުރަ ކު...

08 Sep 2017 | 21:31

ބަރުމާގެ އަސްކަރިއްޔާއާއި ބުދުދީނުގެ އަހުލުވެރިން އެގައުމުގެ ރޮހިންޖާ މުސްލިމް ދަރިކޮޅަށް ދެމުން އަންނަ ލާއިންސާނީ އަނިޔާތަކަށް ކެތް ނުކުރެވިގެން އެ ދަރިކޮޅުގެ ރައްޔިތުން ކައިރި ގައުމުތަކަށް ހިޖުރަ ކުރަމުން އަންނައިރު އެ ފަރާތްތަކަށް ވަގުތީ ހިޔާވަހިކަން ފޯރުކޮށްދިނުމަށް މެލޭޝިޔާއިން އޮތީ ތައްޔާރަށް ކަމުގައި މެލޭޝިޔާއިން ހާމަކޮށްފި އެވެ.

މެލޭޝިޔާ އަކީ އދގެ "ރެފިއުޖީ ކޮންވެންޝަން"ގައި ސޮއިކޮށްފައިވާ ގައުމެއް ނޫންކަމުގައިވާއިރު އެގައުމަށް އަންނަ ރެފިއުޖީންނަށް ހިޔާވެހިކަން ފޯރުކޮށްދެމުން އަންނަނީ އިމިގްރޭޝަންގެ ޑިޓެންޝަން ސެންޓަރު ތަކުގައި ކަމަށް މީޑިއާ ރިޕޯޓްތައް ބުނެ އެވެ. މިހާރުވެސް މެލޭޝިޔާއަށް ރޮހިންގާ ދަރިކޮޅުގެ ލައްކައެއްހާ މީހުން ހިޖުރަކޮށްފައިވާކަމުގައި މެލޭޝިޔާއިން ހާމަކުރެ އެވެ.

ރޮހިންޖާގެ މުސްލިމުންނަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދޭނޭކަން މެލޭޝިޔާއިން ހާމަކޮށްފައިވާއިރު ރޮހިންޖާގެ މުސްލިމުންނަށް މަރުހަބާ ކިޔާކަން ތައިލެންޑުންވެސް ވަނީ ހާމަކޮށްފަ އެވެ.

ރޮހިންޖާގައި ހަމަނުޖެހުން އުފެދުނީ ރޮހިންޖާގެ ބަޔަކު މިދިޔަ މަހުގެ 25 ގައި އަސްކަރީ ޕޯސްޓަކަށް ދިން ހަމަލާއާ ގުޅިގެންނެ. އޭގެ ބަދަލުގައި ސިފައިން ދޭން ފެށި ހަމަލާތަކުގައި އެތައް ބަޔަކު ވަނީ މަރުވެފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް