މެކްސިކޯއަށް އައި ބިންހެލުމުގައި މަރުވި މީހުންގެ އަދަދު 35 އަށް

މެކްސިކޯ އަށް އެގައުމުގެ ގަޑިން ރޭ ދަންވަރުގެ ވަގުތެއްގައި އައި ބާރުގަދަ ބިންހެލުމާއި ގުޅިގެން މަރުވި މީހުންގެ އަދަދު 35 އަށް އަރާފައިވާކަމުގައި އެގައުމުން ރިޕޯޓް ކޮށްފި އެވެ. މިއީ މި ގަރުނުގައިވެސް މ...

08 Sep 2017 | 21:03

މެކްސިކޯ އަށް އެގައުމުގެ ގަޑިން ރޭ ދަންވަރުގެ ވަގުތެއްގައި އައި ބާރުގަދަ ބިންހެލުމާއި ގުޅިގެން މަރުވި މީހުންގެ އަދަދު 35 އަށް އަރާފައިވާކަމުގައި އެގައުމުން ރިޕޯޓް ކޮށްފި އެވެ.

މިއީ މި ގަރުނުގައިވެސް މެކްސިކޯ އަށް އައި އެންމެ ބާރުގަދަ ބިންހެލުން ކަމުގައިވާއިރު މި ބިންހެލުން އައީ ރެކްޓަރ މިންގަނޑުން 8.1 މެގްނެޓިއުޑް ބާރުމިނުގަ އެވެ.

މި ބިންހެލުމާއި ގުޅިގެން 35 މީހަކު މަރުވެފައިވާކަމުގައި މިހާތަނަށް ރިޕޯޓް ކޮށްފައިވާއިރު އޭގެ ތެރެއިން 17 މީހަކު މަރުވެފައިވަނީ އެގައުމުގެ އޮޒާކާ ސްޓޭޓުންނެވެ. މީގެ އިތުރުން ޗިއާޕާސް ސްޓޭޓުން 7 މީހަކު މަރުވެފައިވާކަމުގައި ރިޕޯޓް ކޮށްފައި ވެ އެވެ.

މި ބިންހެލުމާއި ގުޅިގެން ސުނާމީގެ އިންޒާރު ދިން ނަމަވެސް ސުނާމީއެއްގެ އަސަރު މާބޮޑަށް ކޮށްފައެއް ނުވެ އެވެ. ނަމަވެސް އެ އިންޒާރު ދިނުމާއިއެކު ރައްޔިތުން ހާސްވެ މަގުތަކަށް ޖަމާވާން އުޅުމުގެ ތެރޭގައިވެސް ބައެއް މީހުން މަރުވެފައިވާކަމުގައި މީޑިއާ ރިޕޯޓްތައް ބުނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް