ނަތަންޔާހޫގެ އަންހެނުން ދައުލަތުގެ ހަޒާނާއިން ބައެއް "ދިރުވާލި" ކަމުގެ ތުހުމަތު

އިޒްރޭލުގެ ބޮޑުވަޒީރު ނަތަންޔާހޫގެ އަންހެނުން، ސާރާ ނަތަންޔާހޫ، އޭނާގެ އަމިއްލަ ބޭނުމަށްޓަކައި ދައުލަތުގެ ހަޒާނާއިން ގިނަ އަދަދެއްގެ ފައިސާ ބޭނުން ކުރި ކަމުގެ ތުހުމަތު އުފުލުމަށް އެގައުމުގެ އެޓާނީ ޖެނ...

08 Sep 2017 | 20:50

އިޒްރޭލުގެ ބޮޑުވަޒީރު ނަތަންޔާހޫގެ އަންހެނުން، ސާރާ ނަތަންޔާހޫ، އޭނާގެ އަމިއްލަ ބޭނުމަށްޓަކައި ދައުލަތުގެ ހަޒާނާއިން ގިނަ އަދަދެއްގެ ފައިސާ ބޭނުން ކުރި ކަމުގެ ތުހުމަތު އުފުލުމަށް އެގައުމުގެ އެޓާނީ ޖެނެރަލްގެ އޮފީހުން ތައްޔާރުވާން ފަށައިފި އެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި ސާރާގެމައްޗަށް އުފުލުމަށް ތައްޔާރުވަމުން އަންނަނީ އަމިއްލަ ކެއުން ބުއިމަށް މަކަރާއި ހީލަތުން ދައުލަތުގެ އެއް ލައްކަ ޑޮލަރު ހަރަދު ކުރިކަމުގެ ދައުވާ އެވެ.

މި ތުހުމަތާއި ބެހޭގޮތުން އިޒްރޭލުގެ ބޮޑުވަޒީރު، ނަތަންޔާހޫގެ ފޭސްބުކް ޕޭޖްގައި އިއްޔެ ބުރާސްފަތި ދުވަހު ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ ސާރާގެ މައްޗަށް އުފުލުމަށް ތައްޔާރުވަމުން އަންނަ ދައުވާއަކީ އޭގައި އެއްވެސް އަސްލެއް ނުވާ ކަމެއްކަން ސާބިތުވާނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް