އާޒިމާ ކޯޓަށް ހާޒިރުވުމަށް ޗިޓް ފޮނުވައިފި

ރަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ސަރުކާރުގެ ލީގަލް އޮފިސަރ މިނިސްޓަރ އާޒިމާ ޝުކޫރުގެ މައްޗަށް ދައުލަތުން އުފުލާފައިވާ މަނީ ލޯންޑްރިންގް އަށް މަގުފަހިކޮށްދިނުމުގެ ދައުވާގެ ޝަރީއަތް ފެ...

09 Jul 2019 | 12:35

ރަށް

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ސަރުކާރުގެ ލީގަލް އޮފިސަރ މިނިސްޓަރ އާޒިމާ ޝުކޫރުގެ މައްޗަށް ދައުލަތުން އުފުލާފައިވާ މަނީ ލޯންޑްރިންގް އަށް މަގުފަހިކޮށްދިނުމުގެ ދައުވާގެ ޝަރީއަތް ފެށުމުގެ ގޮތުން އާޒިމާ ކޯޓަށް ހާޒިރުކުރުމަށް ޗިޓް ފޮނުވައިފިއެވެ.

އާޒިމާގެ މައްޗަށް ދައުލަތުން އުފުލައި ދައުވާގެ ލިޔުންތައް ހަވާލުކޮށްފައިވަނީ މިއަހަރުުގެ ކުރީކޮޅު ފެބްރުވަރީ މަސްތެރޭގައެވެ. ޖިނާއީ އިޖުއާތުގެ ގާނޫނުގައިވާ ގޮތުން ލިޔުންތައް ހަވާލުކޮށް މައްސަލާގައި އިބްތިދާއީ އަޑުއެހުންތައް ފަށަންޖެހެއެވެ.

ނަމަވެސް މި މައްސަލާގެ އިބްތިދާއީ އަޑުއެހުންތައް އާޒިމާއަށް ޗިޓް ހަވާލު ނުކުރެވިގެން މިވިހާ ދުވަހު އޮތީ ނުފެށި އެވެ. އޭނާ މީގެ ދުވަސްތަކެއް ކުރިން އުޅުއްވީ ރާއްޖެއިން ބޭރުގަ އެވެ. އާޒިމާ ރާއްޖެ ވަޑައިގެންފައިވަނީ ވަރަށް ފަހުންނެވެ.

ފުލުހުން ތުހުމަތުކުރާ ގޮތުގައި އާޒިމާ މަގުފަހިކޮށްދީފައިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންއަށް ތުހުމަތު ކުރެވޭ މަނީ ލޯންޑްރިންގެ މައްސަލާގަ އެވެ.

އާޒިމާ ވަނީ ރައީސް ޔާމީންގެ ވަކީލްކަން ކުރައްވާފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް