ގަމުން ދެހާސް އަކަފޫޓުގެ 400 ގޯއްޗަށް ހުޅުވާލަނީ

ލ. ގަމުން ގޯއްޗަށް އެދުމުގެ ފުރުސަތު ހުޅުވާލަން އެ ރަށު ކައުންސިލުން ތައްޔާރުވަމުން އަންނަކަން އެ ކައުންސިލުން ހާމަކޮށްފިއެވެ. އެގޮތުން އެ ކައުންސިލުގެ ފޭސްބުކް ޕޭޖުގައި ބުނެފައިވާގޮތުގައި ދެހާސް އަކަ...

09 Jul 2019 | 05:59

ލ. ގަމުން ގޯއްޗަށް އެދުމުގެ ފުރުސަތު ހުޅުވާލަން އެ ރަށު ކައުންސިލުން ތައްޔާރުވަމުން އަންނަކަން އެ ކައުންސިލުން ހާމަކޮށްފިއެވެ.

އެގޮތުން އެ ކައުންސިލުގެ ފޭސްބުކް ޕޭޖުގައި ބުނެފައިވާގޮތުގައި ދެހާސް އަކަފޫޓުގެ 400 ގޯތި ދޫކުރުމުގެ ހުއްދަ ލިބި އެ ގޯތިތައް ދޫކުރުމުގެ ކަންތައް އެ ކައުންސިލުން މިހާރު ދަނީ ކުރަމުން ކަމަށެވެ.

"ގޯއްޗަށް އެޕްލައި ކުރުމުގެ ފުރުސަތު 17 ޖުލައި ގަ ހުޅުވާލާނެ" އެ ކައުންސިލުން ބުނެފައިވެއެވެ.

ކައުންސިލުން އިތުރަށް ބުނެފައިވނީ ގޯތި ދޫކުރުމުގެ ޓައިމްލައިން 14 ޖުލައި ވާ އާދީއްތަ ދުވަހު އާންމު ކުރެވޭނެ ކަމަށެެވެ.

ގަމުން ގޯތި ދޫކުރަން ނިމިދިޔަ ސަރުކާރުގައި އެ ރަށު ކައުންސިލުން ކުރި މަސައްކަތް ވަނީ ކާމިޔާބު ވާގޮތް ނުވެފައެވެ. އެކަން، ކުރީގެ ސަރުކާރުގެ ހައުސިން މިނިސްޓްރީން އޭރު ހުއްޓުވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް