މާލެ ސަރަހައްދުން ހިމަބިހީގެ ހަތަރު ކޭސް ފެނި ޖުމްލަ 15 އަށް އަރައިފި

ވޭތުވެދިޔަ ހަފްތާގައި މާލެ ސަރަހައްދުން ހިމަބިހީގެ އިތުރު ހަތަރު މީހަކު ޕޮޒިޓިވްވެ، މި އަހަރު މިހާތަނަށް ރިޕޯޓްކޮށްފައިވާ ކޭސްތަކުގެ ޖުމްލަ ޢަދަދު 15 އަށް އަރައިފިއެވެ. ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އ...

09 Jun 2026 | 05:33
N/A

N/A

ވޭތުވެދިޔަ ހަފްތާގައި މާލެ ސަރަހައްދުން ހިމަބިހީގެ އިތުރު ހަތަރު މީހަކު ޕޮޒިޓިވްވެ، މި އަހަރު މިހާތަނަށް ރިޕޯޓްކޮށްފައިވާ ކޭސްތަކުގެ ޖުމްލަ ޢަދަދު 15 އަށް އަރައިފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު ކުރި ޕޯސްޓެއްގައި ބުނީ ފާއިތުވި ހަފްތާގައި މާލެ ސަރަހައްދުން ހަތަރު ކޭސް ފެނިފައިވާ ކަމަށެވެ. މި އަހަރުގެ ފުރަތަމަ ކޭސްތައް ފެނުނީ މެއި 13 ވަނަ ދުވަހު ކަމަށްވާއިރު، އޭގެ ފަހުން ކޭސްތައް ދަނީ އިތުރުވަމުންނެވެ. މެއި މަހު އެކަނި މާލެ ސަރަހައްދުން ހަ މީހަކު ޕޮޒިޓިވްވެ، ޖޫން ދެވަނަ ދުވަހާ ހަމައަށް ޖުމްލަ 11 ކޭހަށް އެރިއެވެ.

ހިމަބިހި ފެތުރުން ކޮންޓްރޯލް ކުރުމަށް އެޗްޕީއޭ އިން ވަނީ ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ޢަމަލުކުރުމަށް އިލްތިމާސްކޮށްފައެވެ. އެގޮތުން ހުން އައިސް ގައިގައި ރަތް ބިހިތަކެއް ނެގައިފި ނަމަ ލަސްނުކޮށް ޞިއްޙީ ފަރުވާ ހޯދުމަށާއި، ފަރުވާ ހޯދަން ދާ އިރު މާސްކު އެޅުމަށާއި އާންމު ދަތުރުފަތުރުގެ ވަސީލަތްތައް ބޭނުން ނުކުރުމަށް އެ އެޖެންސީން އެދިފައިވެއެވެ. ހިމަބިއްސަށް ޝައްކުވެގެން ޓެސްޓު ހަދައިފި ނަމަ، ނަތީޖާ ލިބެންދެން އެކަހެރިވެ ހުރުމަށް ވެސް އެޗްޕީއޭ އިން ވަނީ އިލްތިމާސްކޮށްފައެވެ.

ކޭސްތައް އިތުރުވާން ފެށުމާ އެކު އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އިން ވަނީ ހިމަބިހީގެ ޢަލާމާތް ހުންނަ މީހުންނަށް ޚާއްޞަ ހެލްޕް ޑެސްކެއް ޤާއިމުކޮށްފައެވެ. ރާއްޖެއިން ހިމަބިހި ނައްތައިލެވިފައިވާ ކަމަށް ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާ (ޑަބްލިޔުއެޗްއޯ) އިން ކަނޑައެޅީ 2017 ވަނަ އަހަރުއެވެ.

އެޗްޕީއޭއިން މިއަދު ހާމަކުރި މަޢުލޫމާތު 

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް