N/A
ސައްޙަކަން ކަށަވަރު ކުރެވިފައިވާ އެކްޓިވް ވޯކް ޕާމިޓުގައި ރާއްޖޭގައި މަސައްކަތް ކުރަމުންދާ ބިދޭސީ މަސައްކަތްތެރިންގެ 98 އިންސައްތަ ބަޔޯމެޓްރިކް ގޮތުން ދެނެގަނެވިއްޖެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ 10 އިނގިލީގެ ނިޝާނާއި ސާފު ފޮޓޯ ނެގުމުގެ މަސައްކަތް ނިމިފައިވާ ކަމަށެވެ. މި ސަރުކާރު ވެރިކަމާ ހަވާލުވި އިރު، 17 ނޮވެމްބަރު 2023 ގައި، މި ނިސްބަތް ހުރީ އެންމެ 13 އިންސައްތައިގައި ކަމަށް ވެސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ގަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅެމުންދާ ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލެއް ގެނައުމަށް ކުރެވޭ މަސައްކަތުގައި ކުރިއަށް އޮތް ހަ މަހު ކުރެވޭނެ މަސައްކަތަކީ ބާކީ ތިބި މީހުން ހޯދައި ރާއްޖެ އިން ޑީޕޯޓު ކުރުމުގެ ޚާއްޞަ މަސައްކަތްތައް ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް