ސަފާރީގައި ރޯވި އަލިފާން އަދި ނިއްވާނުލެވޭ - ދެ ފަޅުވެރިއަކަށް ފަރުވާ ދެނީ

ހުޅުމާލެ ފަޅުތެރޭގައި އޮތް "އެމްޕެރަރ އެކްސްޕްލޯރަރ" ނަމަކަށް ކިޔާ ސަފާރީއެއްގައި އަލިފާން ރޯވެ، ދެ ފަޅުވެރިއަކަށް ފަރުވާ ދެމުންދާ ކަމަށް ފުލުހުން ބުނެފިއެވެ. ފުލުހުން ބުނީ ހުޅުމާލެ ފަޅު ބޭރުގައި އޮތް...

09 May 2026 | 14:03
ސަފާރީގައި ރޯވެ އަނދަމުންދިޔަ މަންޒަރު - ފޮޓޯ: މެރިން ޕޮލިސް

ސަފާރީގައި ރޯވެ އަނދަމުންދިޔަ މަންޒަރު - ފޮޓޯ: މެރިން ޕޮލިސް

ހުޅުމާލެ ފަޅުތެރޭގައި އޮތް "އެމްޕެރަރ އެކްސްޕްލޯރަރ" ނަމަކަށް ކިޔާ ސަފާރީއެއްގައި އަލިފާން ރޯވެ، ދެ ފަޅުވެރިއަކަށް ފަރުވާ ދެމުންދާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ ހުޅުމާލެ ފަޅު ބޭރުގައި އޮތް ސަފާރީއެއްގައި ރޯވި ކަމުގެ ރިޕޯޓު ލިބުނީ މިއަދު ހަވީރު 4:55 ހާއިރު ކަމަށެވެ. ދުމުގެ އަސަރުކުރި ސަފާރީގެ ދެ ފަޅުވެރިއަކަށް ހުޅުމާލެ ހޮސްޕިޓަލުގައި ދަނީ ފަރުވާ ދެމުންނެވެ.

އެމްއެންޑީއެފުން ބުނީ އެ ސަފާރީ އޮތީ ހުޅުމާލެ އާއި ކުރުނބާ މޯލްޑިވްސް ރިސޯޓާ ދެމެދުގައި ކަމަށެވެ. އަލިފާން ނިއްވުމުގެ މަސައްކަތުގައި ހަރަކާތްތެރިވަމުން ދަނީ އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑް، ހުޅުމާލެ ފަޔާ ސްޓޭޝަނުންނެވެ. މެރީން ޕޮލިހުން ވެސް ދަނީ ހަރަކާތްތެރިވަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް