ހައުސިން މިނިސްޓްރީގެ ކާރަކާއި ސައިކަލެއް ޖެހި އެކްސިޑެންޓެއް ހިނގައިފިއެވެ.
މި އެކްސިޑެންޓް ހިނގާފައިވަނީ މިއަދު 9:45 ހާއިރު ބޮޑުތަކުރުފާނު މަގުން އިސްކަންދަރު މައިޒާން ކުރިމަތިން ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
ފުލުހުން ވިދާޅުވީ، މި އެކްސިޑެންޓް ހިނގަން މެދުވެރިވީ، ސައިކަލު ލޭނުން ދުއްވާފައި ދިޔަ ސައިކަލެއް ކުއްލިއަކަށް ކާރު ލޭނަށް އެރުމުން ކަމަށެވެ. މި އެކްސިޑެންޓްގައި ސައިކަލު ދުއްވަން އިނީ 24 އަހަރުގެ އަންހެނެއް ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ. އެ އަންހެން މީހާ އަތުގައި ލައިސަންސް އޮތް ކަމަށާއި، ނަމަވެސް މުއްދަތު ހަމަވެފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.
ފުލުހުން އިތުރަށް ވިދާޅުވީ، މި އެކްސިޑެންޓްގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވާކަމަށެވެ. އަދި ސައިކަލަށް ވެސް އެއްވެސް ގެއްލުމެއް ނުވާކަމަށެވެ. ނަމަވެސް ހައުސިން މިނިސްޓްރީގެ ކާރުގެ ކުރީ ބަފަރުގެ ވާތްފަޅީގެ ކަން ބަނޑި ވެފައިވާކަމަށް ފުލުހުން މައުލޫމާތުދެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް