ލަންކާ ހަތަރު މަސްބޯޓާއި ފަޅުވެރިން ދޫކޮއްލައިފި

ރާއްޖޭގެ ސަރަހައްދަކުން އަތުލައިގަތް ހަތަރު މަސަބޯޓާއި އެ ބޯޓު ތަކުގައި ތިބި މަސްވެރިން ދޫކޮއްލަން ނިންމައިފިއެވެ. ލަންކާގެ ކުރީގެ ރައީސް މަހިންދަ ރާޖެޕަކްސަ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ރާއ...

09 May 2019 | 05:10

ރާއްޖޭގެ ސަރަހައްދަކުން އަތުލައިގަތް ހަތަރު މަސަބޯޓާއި އެ ބޯޓު ތަކުގައި ތިބި މަސްވެރިން ދޫކޮއްލަން ނިންމައިފިއެވެ.

ލަންކާގެ ކުރީގެ ރައީސް މަހިންދަ ރާޖެޕަކްސަ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ރާއްޖެއިން ހިފަހައްޓާފައިވާ ލަންކާގެ ހަތަރު މަސްބޯޓާއި އޭގައި ތިބި ފަޅުވެރިން ދޫކޮއްލަން ނިންމާފައިވާކަމަށް ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެފައިވާ ކަމަށެވެ.

ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވަނީ ރަސްމީ ދަތުރު ފުޅެއްގައި ލަންކާއަށް ވަޑައިގަންފައެވެ. އަދި މި ދަތުރު ފުޅުގައި ލަންކާގެ ކުރީގެ ރައީސް މަހިންދަ ރާޖެޕަކްސަ އާއި ވަނީ ބައްދަލު ކުރައްވާފައެވެ.

މީގެ އިތުރުން ރާޖެޕަކްސަ ކުރެއްވި ޓްވީޓްގައި ލަންކާއަށް ދިން ބޮމުގެ ހަމަލާގެ ތައުޒިޔާ ރައީސް އިބްރާހިމް މުހައްމަދު ސާލިހާއި ދިވެހި ރައްޔިތުން ފަރާތުން ފޮނުވާފައިވާކަމަށް ބުނެފައިވެއެވެ.

ސަރުކާރުން ދޫކޮއްލަން ނިންމާފައިވާ ހަތަރު މަސްބޯޓަކީ މިއަހަރުގެ ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހު ހިފަހައްޓާފައިވާ ދެ މަސްބޯޓަކާއި މިދިޔަ މާރޗް މަހުގެ އެއްވަނަ ދުވަހު ހިފަހައްޓާފައިވާ ދެ މަސްބޯޓެކެވެ.މި ހަތަރު ބޯޓުވެސް ފެނިފައިވަނީ ހއ ކެލާގެ ބޭރުންނެވެ.

a

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް