ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު މާލެއިން މީހަކު ހައްޔަރު ކޮއްފިއެވެ.
މަސްތުވާތަކެއްޗާއި ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، އިއްޔެގެ ވަގުތެއްގައި ހައްޔަރު ކޮއްފައިވަނީ 40 އަހަރުގެ މީހެކެވެ.
މާލެތެރެ ޕެޓްރޯލް ކުރުމުގެ ތެރޭގައި، އަމަލުތައް ހުރި ގޮތުގެ ސަބަބުން ހުއްޓުވާ ބަލައިފާސްކުރި އިރު މި މީހާ އަތުގައި މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 727 ރަބަރު ޕެކެޓު ފެނިފައިވާ ކަމަށް ފުލުހުން މައުލޫމާތު ދީފައިވެއެވެ.
އަދި މި މައްސަލަ ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން ދަނީ ތަޙުޤީޤު ކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް