ޔާމީން ޖަލަށް ލާފައިވާ މައްސަލައިގަ އިދިކޮޅުން އީޔޫއާ ބައްދަލުކޮށްފި

ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް އިއްވާފައިވާ ފަސް އަހަރުގެ ޖަލު ހުކުމާއި ގުޅިގެން އިދިކޮޅު ފަރާތްތަކުގެ ކަންބޮޑުވުންތައް ޔޫރަޕިއަން ޔޫނިއަން (އީޔޫ) އާއި ހިއްސާކޮށްފި އެވެ. އިދިކޮޅުން މި ބައްދަލުވުމުގައ...

09 Feb 2020 | 11:21

ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް އިއްވާފައިވާ ފަސް އަހަރުގެ ޖަލު ހުކުމާއި ގުޅިގެން އިދިކޮޅު ފަރާތްތަކުގެ ކަންބޮޑުވުންތައް ޔޫރަޕިއަން ޔޫނިއަން (އީޔޫ) އާއި ހިއްސާކޮށްފި އެވެ.

އިދިކޮޅުން މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވީ ޕީއެންސީގެ ނައިބު ރައީސް މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފެވެ. އީޔޫގެ ފަރާތުން ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވީ އެކްސްޓާނަލް އެކްޝަން ސާވިސް ފޯ އޭޝިއާ އެންޑް ޕެސިފިކްގެ ޑެޕިއުޓީ މެނޭޖިން ޑައިރެކްޓަރު ޕައުލާ ޕަންޕަލޯނީއާ އެވެ.

މި ބައްދަލުވުމާއި ގުޅޭގޮތުން އާދަމް ޝަރީފު މީޑިއާަގައި ވިދާޅުވީ އެބޭފުޅުންގެ ކަންބޮޑުވުންތައް އެކަމަނާ އެއްސެވި ކަމަށެވެ. އަދި ވާހަކަތައް އީޔޫގެ ހެޑް އޮފީހާއި ހިއްސާކުރައްވާނެ ކަމަށް ވިދާޅުވި އެވެ.

އިދިކޮޅު ފަރާތްތަކުން ފާހަގަ ކުރި ކަންކަމުގެ ތެރޭގައި އިންސާފުން ބޭރު ޝަރީއަތަކުން ރައީސް ޔާމީނަށް ހުކުމް އިއްވާފައިވާ ކަމަށް ވިދާޅުވި އެވެ. އަދި އިދިކޮޅު ފަރާތްތަކަށް މިހާރު ކުރަމަތިވަމުންދާ އުނދަގޫތައް ފާހަގަ ކުރެއްވި އެވެ.

ރައީސް ޔާމީންއަށް ފަސް އަހަރުގެ ޖަލު ހުކުމް އިއްވީ މަނީލޯންޑަރިންގެ ކުށް ސާބިތުވާ ކަމަށް ކަނޑައަޅާފައި އެވެ. އެމަނިކުފާނުގެ ފަރާތްޕުޅުން އެ ހުކުމް މިހާރު ހައިކޯޓުގައި ވަނީ އިސްތިއުނާފުކޮށްފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް