ކައްޕި ހޯދަން ކުރަމުން އަންނަ މަސައްކަތުގައި ވަޅިއަކާއި އިތުރު ސާމާނުތަކެއް މޫދު އަޑިން ހޯދައިފި

ކ. ކަގި ފަރަށް އަރާފައިވާ ދޯނީގެ ކެޕްޓަން ހޯދަން ކުރަމުން އަންނަ މަސައްކަތުގައި ޑައިވަރުންނަށް އިތުރު ސާމާނުތަކެއް ފެނިފައިވާކަމަށް ސިފައިން ބުނެފިއެވެ. އެގޮތުން މީޑިއާތަކަށް މައުލޫމާތުދެއްވަމުން އެމް...

09 Jan 2020 | 11:58

ކ. ކަގި ފަރަށް އަރާފައިވާ ދޯނީގެ ކެޕްޓަން ހޯދަން ކުރަމުން އަންނަ މަސައްކަތުގައި ޑައިވަރުންނަށް އިތުރު ސާމާނުތަކެއް ފެނިފައިވާކަމަށް ސިފައިން ބުނެފިއެވެ.

އެގޮތުން މީޑިއާތަކަށް މައުލޫމާތުދެއްވަމުން އެމްއެންޑީއެފްގެ ތަރުޖަމާނު އިބްރާހިމް އާޒިމް ވިދާޅުވީ މިއަދުވެސް އެމްއެންޑީއެފް ހެލިކޮޕްޓަރުގައި ވައިގެމަގުން އެ ސަރަހައްދު ބެލުމުގެ މަސައްކަތް ކުރަމުން އަންނައިރު ކަނޑު ސާފޭސް ބަލާ ކޯސްޓްގާޑްގެ ޑައިވަރުން ވަނީ ފީނާފައި ކަމަށެވެ. އެގޮތުން ޑައިވް ކުރި ސަރަހައްދުން ތުވާއްޔެއްގެ ބަޔަކާއި ޑަސްބިން ކޮތަޅެއް ފެނިފައިވާއިރު ބަންދުކޮށްފައިވާ އެ ޑަސްބިން ކޮތަޅުން ބައެއް އިލެކްޓްރޯނިކް އާލާތާއި ވަޅިއެއް ފެނިފައިވާކަމަށްވެސް އާޒިމް ވިދާޅުވިއެވެ.

އަޑިން ފެނުނު ތުވާލީގެ ބައިގާ ލޭ ނުވަތަ ދަބަރުފަދަ ކުލައެއް ފެންނަން ހުއްޓެވެ. އެއީ ލޭތޯ ނުވަތަ ދަބަރުތޯ ނޫސްވެރިއަކު ސުވާލު ކުރުމުން އާޒިމް ވިދާޅުވީ އެތަކެތި ފުލުހުންނާ ހަވާލު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި އެތަކެތީގެ ފުރިހަމަ މައުލޫމާތު އެނގޭނީ ފުލުހުން ތަހުގީގު ކުރުމުން ކަމަށެވެ.

ތަފްސީލް އަންނަނީ...

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް