އެމްއެންޑީއެފްގެ ކެޕްޓަން މުހައްމަދު ރާމިޒް ކުއްލި ގޮތަކަށް މިއަދު ހަވީރު ނިޔާވެއްޖެއެވެ.
މީޑިއާތަކަށް މައުލޫމާތު ދެއްވަމުން އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު ކެޕްޓަން އިބްރާހިމް އާޒިމް ވިދާޅުވީ އޭނާ ހުރީ ޑިއުޓީގައި އެމްއެންޑީއެފް ނޮދަން އޭރިއާ ޕޯސްޓްގައި ކަމަށެވެ.
"އޭނާ މިއަދު ހަވީރު އެކްސަސައިޒް ގައި ބައިވެރިވެ ދުވަމުން ދަނިކޮށް ކުއްލިއަކަށް ވެއްޓިގެން ވަގުތުން ފަރުވާއަށް ނައިފަރު ހޮސްޕިޓަލަށް ވަނީ ގެންދެވިފައި" އާޒިމް ވިދާޅުވިއެވެ.
އާޒިމް އިތުރަށް ވިދާޅުވީ މިހާރު އޭނާގެ ހަށީގަނޑު މާލެ ގެނައުމަށް ދަނީ މަސައްކަތް ކުރަމުން ކަމަށާއި ނިޔާވި އިރު ކެޕްޓަން ރާމިޒްގެ އުމުރަކީ 48 އަހަރު ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް