ކޮކާ ކޯލާގެ ބުއިންތައް ބޭނުންކޮށްގެން ތައްޔާރުކޮށްލެވޭ މޮކްޓެއިލްތަކެއް ތައާރަފްކޮށްފި

މަޝްހޫރު އަދި މަގްބޫލު ކޮކާ ކޯލާ ކުންފުނީގެ އުފެއްދުންތައް ބޭނުންކޮށްގެން ތައްޔާރުކޮށްލެވޭ ތަފާތު މީރު ރަހަތަކެއްގެ މޮކްޓެއިލްތަކެއް ކޮކާ ކޯލާ މޯލްޑީވްސް އިން ތައާރަފްކޮށްފިއެވެ. މިކްސޮލޮޖީގެ ނަމުގައި...

08 Dec 2019 | 08:16

މަޝްހޫރު އަދި މަގްބޫލު ކޮކާ ކޯލާ ކުންފުނީގެ އުފެއްދުންތައް ބޭނުންކޮށްގެން ތައްޔާރުކޮށްލެވޭ ތަފާތު މީރު ރަހަތަކެއްގެ މޮކްޓެއިލްތަކެއް ކޮކާ ކޯލާ މޯލްޑީވްސް އިން ތައާރަފްކޮށްފިއެވެ.

މިކްސޮލޮޖީގެ ނަމުގައި މި މޮކްޓެއިލްތައް ކޮކާކޯލާއިން ރާއްޖެ ތައާރަފްކޮށްފައިވަނީ އެކަމަށްޓަކައި އިއްޔެ ހަވީރު ސޯލްޓް ރެސްޓޯރެންޓްގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ. މި އިވެންޓް ކޮކާ ކޯލާއިން ކުރިއަށްގެންދިޔައީ ސްރީ ލަންކާގެ މަޝްހުރު މިކްސޮލޮޖިސްޓެއް ކަމުގައިވާ ސަސަންތާ، ރާއްޖެ ގެނެސްގެންނެވެ.

އިއްޔެގެ އެ އިވެންޓްގައި ކޮކާކޯލާއިން ވަނީ މޮކްސޮލޮޖީގެ މޮކްޓެއިލްތައް ތައްޔާރުކުރާނެ ގޮތް ދިވެހި ރެސްޓޯރެންޓްތަކުގައި ވަޒީފާ އަދާކުރާ ފަރާތްތަކަށް ދަސްކޮށްވެސް ދީފައެވެ. އެކަމަށް އިއްޔެ ވޯކްޝޮޕެއް ކުރިއަށްގެންދިޔައެވެ.

އެއް ދުވަހުގެ އެ ހަރަކާތް ނިންމުމުގެ ރަސްމިއްޔާތުގެ ބައިވެރިންނަށް އެ މޮކްޓެއިލްތަކުގެ ރަހަތައް ވަނީ ދައްކާލާފައެވެ. މި މޮކްޓެއިލްތަކުގެ ތެރޭގައި ހިމެނެނީ ކޮކާ ކޯލާގެ އުފެއްދުންތައް ކަމުގައިވާ ފެންޓާ، ސްޕްރައިޓް އަދި ކޯކަށް ސިރަޕްތައް މިކްސްކޮށްގެން ތަފާތު އެކި ރަހަތައް ގެނެސްދީފައިވާ މޮކްޓެއިލްތަކެވެ.

ކޮކާ ކޯލާއިން ހާމަކޮށްފައިވާގޮތުގައި މިގޮތަށް ތައްޔާރުކޮށްލެވޭ ކޮންމެ މޮކްޓެއިލަކީ ހަށިގަނޑަށް ތާޒާކޮށްލާނެ ބުއިންތަކެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް