އިސްކަންދަރު ސްކޫލްގައި ސީނިއަރ ހެލްތު އޮފިސަރެއްގެ ވަޒީފާ އަދާކުރަމުން އަންނަ މަރިޔަމް ޝިފާނާއަކީ ތިން ކުދިންގެ މަންމައެކެވެ. ޒިންމާ ދާރު ބުރަ ވަޒީފާއެއް އަދާކުރުމަށް ބޭނުންވާ ވަގުތު ބަރާބަރަށް ލިބުމާއެކު، ދަރިންގެ ކަންކަން ހަވާލު ކުރެވިފައިވަނީ އިތުބާރު ކުރެވޭވަރުގެ ބަޔަކާ ކަން ޝިފާނާ ގަބޫލު ކުރެއެވެ. އެ ބަޔަކީ 2016 ވަނަ އަހަރުންފެށިގެން ހިދުމަތް ދެމުން އަންނަ ބްރޫޖް ޕްރީ ސްކޫލެވެ.
ދުވަހަށް މައުލޫމާތުދެމުން ޝިފާނާ ބުނީ ހަގަށް ތިބި ދެކުދިންގެ ތެރެއިން ދޮށީ ދަރިފުޅު ކިޔެވީ ބްރޫޖް ޕްރީ ސްކޫލުން ކަމަށާއި ހަގު ދަރިފުޅު ކިޔަވަމުން ދަނީ ހަމަ މިސްކޫލުން ކަމުގައެވެ. ޕްރީ ސްކޫލްގެ އިތުރުން ގުރުއާން ކްލާސް، ޓިއުޝަން ކްލާސް އަދި ޑޭ ކެއަރގެ ހިދުމަތް އެއް ފުރާޅެއްގެ ދަށުން ލިބެން ހުންނާތީ ވަރަށް ބޮޑަށް ވަގުތު ސަލާމަތްވެ ވަޒީފާއަށް "ސްޓްރެސް ފްރީ" ވަގުތުތަކެއް ދެވޭ ކަމަށެވެ.
"މިއަހަރު ގްރޭޑް 3 އަށް ބަދަލުވި ފިރިހެން ދަރިފުޅު ބްރޫޖް ސްކޫލުން ގްރެޑުއޭޓްވީ، ފުޓްބޯޅައަށްވެސް ގެންދޭ ސްވިމިންއަށްވެސް ގެންދޭ ސްކޫލް ފަރާތުން، ހެނދުނު ހަތެއްގަ ދާގޮތަށް ހަވީރު ހަތަރެއް ޖަހަންދެން އެތާނގައި ދަރިފުޅު އުޅޭއިރު ވޯކްގަ މައިންޑް ފްރީކޮށް އުޅެލެވޭ، ބިކޯޒް އައި ނޯ ހީއިޒް ޓޭކެން ގުޑް ކެއަރ އޮފް" ޝިފާނާ ބުންޏެވެ.
ޝިފާނާ އިތުރަށް ފާހަގަކުރި ކަންތައް ތަކުގެ ތެރޭގައި ބުރޫޖް ޕްރީ ސްކޫލުން ކުދިންނަށް، ހާއްސަ މެނޫއަކުން ކެއުން ހަމަޖައްސައިދޭ ކަމާއި ދަރިންގެ ކަންކަމުގެ އަޕްޑޭޓް ބަރާބަރަށް ލިބޭކަން ފާހަގަކުރިއެވެ. ދަރިފުޅު ގްރޭޑް އެކަކަށް ދިޔައިރު އަމިއްލައަށް ބޯޑުން ފިލާވަޅު ނަގަން އެނގޭވަރު ކޮށްދީ އެކަޑެމިކް ޕްރޮގްރެސް ވަރަށް ރަނގަޅު ކޮށްދިން ކަމުގައި ޝިފާނާ ފާހަގަކުރިއެވެ.
އެއް ދަރިއަކު މި ދިޔައަހަރު ގްރޭޖުއޭޓްވެ މިހާރުވެސް ދަރިއަކު ބުރޫޖް ޕްރީ ސްކޫލަށް ގެންދާ ބެލެނިވެރިއެއް ކަމުގައިވާ މުނާ ބުނި ގޮތުގައި މި ދިޔައަހަރު ބުރޫޖް ޕްރީ ސްކޫލުން ގްރޭޖުއޭޓްވި ކުއްޖާއަކީ އޭޑީއެޗްޑީ ހުންނަ ކުއްޖެކެވެ. ވަތްން އިރު އެއްވެސް ވަރަކަށް ނޭނގުނު ނަމަވެސް މިހާރު ލިޔަން ކިޔަން އެނގޭ ކަމާއި ގްރެޖުއޭޓްވީއިރު ޕެރެގްރާފް ކިޔަންވެސް އެނގޭކަން އުފަލާއެކު ފާހަގަކުރިއެވެ.
"ކުޑަ ދަރިއަކީ ނޭވާ ހިއްލާ ކުއްޖެއް، ޓީޗަރުން ވަރަށް ބަލާ އޭނަ އުޅޭއިރުވެސް އޭނަގެ ބިހޭވިއާ، ބަލިއްޔާވެސް ވަރަށް ކެއަރިން" މުނާ އިތުރަށް ފާހަގަކުރިއެވެ.
2016 ވަނަ އަހަރު ހަމަ އެކަނި ޕްރީ ސްކޫލްގެ ހިދުމަތާއެކު ފެށި ބްރޫޖް ޕްރީ ސްކޫލްގައި މިހާރު ގިނަ ހިދުމަތްތަކެއް އެއް ފުރާޅެއްގެ ދަށުން އަންނަނީ ދެމުންނެވެ. އެގޮތުން ބޭބީ ނާސަރީން ފެށިގެން ޔޫކޭޖީއާއި ހަމައަށް ކުދިންނަށް ކިޔަވައިދެމުން އަންނައިރު ޕްލޭ ސްކޫލްގެ ހިދުމަތާއި ޑޭ ކެއާ ހިދުމަތުގެ އިތުރުން ޓިއުޝަން އަދި ގުރުއާން ކްލާހުގެ ހިދުމަތް އަންނަނީ ދެމުންނެވެ.
"2017 ގަ އަޅުގަނޑުމެން ޕްލޭ ސްކޫލް ތައާރަފް ކުރީ، އެ ޕްރޮގްރާމްގައި ދެ އަހަރުން ދަށުގެ ކުދިންނަށް ސޯޝަލް ސްކިލްސް އަދި މޮޓޯ ސްކިލްސްފަދަ ހުނަރުތައް ދަސްކޮށްދެމުންދާނެ" ބްރޫޖް ޕްރީ ސްކޫލުން ފާހަގަކުރިއެވެ.
ބްރޫޖް ޕްރީ ސްކޫލުން ފާހަގަކުރާގޮތުގައި އެ ސްކޫލުން އެންމެ ބޮޑު އިސްކަމެއް ދެނީ ލައިފް ސްކީލްސް ހުނަރާއި އެކު ގްރޭޑް އެކަކަށް ދާންވާއިރަށް ދަރިވަރަށް ލިޔަން ކިޔަން ދަސްކޮށްދިނުމަށެވެ. އެލްކޭޖީ ނިންމާ ކުއްޖާއަށް ކުދި ބަސްތައް ކިޔަން އެނގި ޔޫކޭޖީ ނިންމާ ކުއްޖާއަށް ޕެރެގްރާފުން ކިޔޭވަރު ކުރުމަށެވެ. އަދި ޔޫކޭޖީ ނިންމާ ކުއްޖާއަށް ޤުރުއާން ބަލައިގެން ކިޔަން އުނގަންނައި ދިނުމުގެ ގޮތުން ވަކި މުދައްރިސެއްގެ ބެލުމުގެ ދަށުން ޤުރުއާން ކިޔަވައި ދޭނެއެވެ. ބަލައިގެން ކިޔެވުމުގެ އިތުރުން ހިފްޡް ޓާރގެޓާއި ނާރސަރީއިން ފެށިގެން ޢަރަބި ކިޔަވައިދެނީ ގްރޭޑް ސްކޫލަށް ދާންވާއިރަށް ތައްޔާރު ކުރުމަށްޓަކައެވެ. ގަވާއިދުން އަންނަ ކުއްޖެއްނަމަ އެ ޓާގެޓަށް ވާސިލުވެވޭނެ ކަމީ ބެލެނިވެރިޔާއަށް ދޭން ބޭނުންވާ ޔަގީން ކަމެއް ކަން ބްރޫޖް ޕްރީ ސްކޫލުން ފާހަގަކުރެއެވެ.
"އެއްތާކުން ހުރިހާ ހިދުމަތެއް ބެލެނިވެރިންނަށް ލިބޭ ކަމަށްވަންޏާ އެކި ތަންތަނަށް ކުދިން ގެންދާކަށް ނުޖެހޭނެ ދެއްތޯ... އެއީ އަޅުގަނޑުމެންގެ މިސްކޫލްގެ ހާއްސަ އެއް ކަމަކީ، ވަޒީފާގަ އުޅެމުން އިރުއިރުކޮޅާ ނިކުމެ ގުރުއާން ކްލާހަށް، ޓިއުޝަން ކްލާހަށް އެއަށްފަހު ސްކޫލަށް ގެންދިއުން އެއީ ފަސޭހަ ކަންކަމެއްނޫން، ހެނދުނު ގެންނަ ކުއްޖާ ބެލެނިވެރިޔާ ވަޒީފާ ނިމި ގެއަށް ގެންދާއިރު އިތުރު ކަމެއް ކުރަން ނުޖެހޭގޮތަށް ގެންދަން އެއިމް ކުރަނީ" ބްރޫޖް ޕްރީ ސްކޫލުން ބުނެއެވެ.
ބްރޫޖް ޕްރީ ސްކޫލުން އިތުރު އަހަންމިއްޔަތު ކަމެއް ދެނީ ބެލެނިވެރިންގެ ޖީބަށް ބުރަ ނުވާނެފަދަ އަގުތަކެއްގައި ހިދުމަތް ދިނުމަށެވެ. އެގޮތުން ހަ ގަޑިއިރުގެ ޕެކޭޖް ހިޔާރު ކުރާނަމަ ޕްރީ ސްކޫލް ހިދުމަތް ހިލޭ ލިބިގެންދެއެވެ. އަށް ގަޑިއިރުގެ ޕެކޭޖް ހިޔާރުކުރާނަމަ ބްރޫޖުން ދޭ ހުރިހާ ހިދުމަތެއް ހިލޭ ލިބިގެންދާނެއެވެ.
ދެ ކުއްޖަކު ނުވަތަ ތިން ކުއްޖަކު ގެންދާނަމަ ވަރަށް ހާއްސަ ޑިސްކައުންޓެއްވެސް ބްރޫޖް ސްކޫލުން ދެއެވެ. މީގެ އިތުރުން ހެނދުނު 07:30 އިން އިރުއޮއްސި 06:00 އާއި ހަމައަށް ބަންދު ނޫން ކޮންމެ ދުވަހަކު ބްރޫޖް ޕްރީ ސްކޫލްގެ ޑޭކެއަރ ބައިން ކޮންމެ ވަގުތެއްގައި "ޑްރޮޕް އިން" ހިދުމަތް ލިބެމުންދާނެ ކަމުގައިވެސް ބްރޫޖް ޕްރީ ސްކޫލުން ފާހަގަކުރެއެވެ.
"އެހެން ޕްރީ ސްކޫލްތަކެކޭ އެއްފަދައިން ކުރާ ހުރިހާ ކަމެއް މި ޕްރީ ސްކޫލުން ކުރަން، އަމިއްލަ ޕްރައިޒްޑޭ އެއްވެސް އޮންނާނެ، ކުދިންނަށް ދިވެހި ލިޓަރަރީ، އިންގްލިސް ލިޓަރަރީ ދެން ގުރުއާން މުބާރާތާ މަދަހަ މުބާރާތުން ހޯދާ ކާމިޔާބީތަކަށް އިނާމު މި ދެނީ، ހިފްޒު ޓާގެޓްތަކެއް ހުންނާނެ، މި ޓާގެޓްތަކަށް ވާސިލް ވީމަ ޕްރީ ސްކޫލްގެ އިތުރުން ޤުރުއާން ކްލާހުން ވެސް އެއަށް އިނާމުދެން" ބްރޫޖް ޕްރީ ސްކޫލުން ބުނެއެވެ.
ބްރޫޖް ޕްރީ ސްކޫލުން ގަބޫލުކުރާގޮތުގައި ވަކި ކުއްޖަކު ތަފާތު ނުކޮށް ހިދުމަތް ދިނުމަކީ އެތަނުން އަބަދުވެސް ގެންގުޅޭނެ ހަމައެކެވެ. އަދި ކޮންމެ ކުއްޖަކީވެސް ތަފާތު ކުއްޖެއް ކަމުގައި ގަބޫލުކޮށް ބެލެނިވެރިން ބޭނުންވާފަދަ ހިދުމަތެއް ދިނުމަކީވެސް ބްރޫޖް ޕްރީ ސްކޫލްގެ އަމާޒެކެވެ.
އެއް އަހަރުން އަނެއް އަހަރަށް ބްރޫޖް ޕްރީ ސްކޫލްގެ ހިދުމަތްތައް އިތުރަށް ފުޅާކޮށް ހިދުމަތުގެ ފެންވަރު ރަނގަޅު ކުރަމުން އަންނައިރު އެ ޕްރީ ސްކޫލުން 2020 ވަނަ އަހަރު ޑޭ ކެއަރ ގެ ހިދުމަތް ވަކި ފްލޯއެއްގައި ކުރިއަށް ގެންދިއުމަށް ވަނީ ގަސްދު ކޮށްފައެވެ.
ބްރޫޖް ޕްރީ ސްކޫލްގެ ހިދުމަތްތަކާއި އަގުތަކާއި ގުޅޭގޮތުން މައުލޫމާތު ހޯދަން ބޭނުންނަމަ ބްރޫޖް ޕްރީ ސްކޫލްގެ ދެ ނަމްބަރު ކަމުގައިވާ 7931747 އަދި 7383131 ގުޅާލުމުން އިތުރު މައުލޫމާތު ލިބޭނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް